A wide advertisement which will be shown on all devices. (700 x 100)

ވަން އެންޑް އޮންލީ ރީތި ރަށުގެ ހައުސްކީޕިން ޑިޕާޓްމެންޓް ހުއްޓުމަކަށް

ވަން އެންޑް އޮންލީ ރީތި ރަށުގެ ހައުސްކީޕިން ޑިޕާޓްމެންޓް ހުއްޓުމަކަށް އައިސްފިއެވެ.

މިކަލް ނުހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރީތި ރަށުގެ ހައުސްކީޕިން ޑިޕާޓްމެންޓް ހުއްޓުމަކަށް އައިސްފައި ވަނީ މިއަދު 2 ރޫމްބޯއީ އެއް އޮފް ޑޭ އަށް ދާން ފެރީ އަށް އަރާފައި ވަނިކޮށް، ހައުސްކީޕަރ ގޮސް، މި ވަގުތު ކުންފުނީގެ ހާލަތު ހުރިގޮތުން ކަމަށް ބުނެ އޮފްޑޭ ކެންސަލް ކުރުމާއި ގުޅިގެންނެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް އެ ރިސޯޓުން ވާހަކަ ދެއްކި ރޫމްބޯއި އަކު ބުނިގޮތުގައި މިކަމާއި ގުޅިގެން ހައުސްކީޕިން ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް މިއަދު ހެދުނު 11 ޖެހިއިރު އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރ އާއި ބައްދަލުކޮށް ހިއްސާ ކުރިކަމަށެވެ. އަދި މި ބައްދަލުވުމުގައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށާއި، މިއަދު ވަޒީފާއަށް ނުކުތުމަށް ޖެނެރަލް މެނޭޖަރ ބުނިކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

 ޖެނެރަލް މެނޭޖަރ ދެއްވި ޔަގީންކަމާއި އެކު މިއަދު ވެސް ޑިއުޓީއަށް ނުކުތް ކަމަށާއި، އެހެން ނަމަވެސް އޮފްޑޭ  ދިނުމަށްފަހު ، ކެންސަލްކުރި 2 މުވައްޒަފުންގެ ތެރެއިން 1 މުވައްޒަފުގެ މައްޗަށް މާރާމާރީގެ ނުހައްޤު ތުހުމަތުކުރުމަށް ފަހު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އަނެއްކާވެސް ޖެނެރަލް މެނޭޖާރ އާއި ބައްދަލުކުރުމަށް ހުރިހާ މުވައްޒަފުން އެދުމުން، ބުނެފައިވަނީ، ބައްދަލު ކުރެވޭނީ މާދަމާކަމަށް، މިކަލް ނޫހަށް ވާހަކަ ދައްކަވަމުން އެ ރިސޯޓުގެ މުވައްޒަފު ހާމަކުރެއްވި އެވެ.

“އޭނާ ވަކި ކުރީ ނުހައްޤުން، މާދަމާ ނޭގެ އަހަރެމެން ގެ ތެރެއިން ކާކު ކަމެއް މިފަދަ ތުހުމަތެއް ކޮށްފައި ވަޒީފާއިން ކަޑާނީ،  އަހަރެމެން އެންމެންގެ ހައްޤުގައި މިހާރު ވަނީ ހައުސް ކީޕިންގެ ހުރިހާ މުވައްޒަފުން  ވަޒިފާއަށް ނުނިކުތުމަށް ނިންމާފައި” އެ ރިސޯޓުން ވާހަކަ ދެއްކި އެހެން މުވައްޒަފަކު ހާމަކުރެއްވިއެވެ.

ރިސޯޓުގެ ހައުސްކީޕިން މުވައްޒަފުން ބުނަމުން ގެންދަނީ ވަކިކުރި މުވައްޒަފު އެ ރިސޯޓު ވަކިކޮށްފައި ބޭރު ނުކުރޭވޭނެ ކަމަށާއި، ކުރާނަމަ ކުރެވޭނީ ހައުސްކީޕިންގެ ހުރިހާ ސްޓާފުންނާއި އެކު ކަމަށެވެ.

އެ ރިސޯޓުގެ ހައުސްކީޕިން ޑިޕާޓުމެންޓްގެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަނީ އަޅުވެތިކޮށްގެން ކަމަށް ވެސް އެރިސޯޓްގެ ރޫމްބޯއިން ތުހުމަތު ކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !