A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ކުރިކެޓް މުބާރާތެއް ފުވައްމުލަކުގައި ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އަންހެން ކްރިކެޓް މުބާރާތް ފުވައްމުލަކުގައި ބާއްވަން ނިންމަވާފައިވާ ކަމަށް ކްރިކެޓް ބޯޑުން ހާމަކޮށްފިއެވެ. މިމުބާރާތު ގައި ހަތަރު ޓީމު ބައިވެރިވާނެ ކަމަށާއި މި މުބާރާތް އަންނަ ޖެނުއަރީ ނުވަތަ ފެބުރުއަރީ މަހު ބޭއްވުމަށް ރާވަމުންދާ ކަމަށް ވެސް ކްރިކެޓް ބޯޑުން ހާމަކުރެއެވެ.

މިމުބާރާތް ބާއްވަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމުގައެވެ. މިމުބާރާތުގައި ބައިވެރިވަނީ ފުވައްމުލަކުން ދެޓީމާއި މާލެއިން ޓީމަކާއި އަދި އިތުރު އެހެން ޓީމެއް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. 

ފުވައްމުލަކުގައި ކްރިކެޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތެއް މީގެ ކުރިން ވަނީ ކުރެވިފައެވެ. އެގޮތުން، ސްކޫލް ދަރިވަރުންގެ މުބާރާތް ބޭއްވުމުގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ގެން ކްރިކެޓް ހަރަކާތްތައް ބާއްވާފައިވެއެވެ.

ގިނަ ދުވަސް ތަކަކަށް ކްރިކެޓް ސްޓޭޑިއަމް ބޭނުން ނުކޮށް އޮތުމަށްފަހު މިމުބާރާތާއި ގުޅިގެން ތަމްރީނުތައް މިހާރުވަނީ ފަށާފައެވެ. ކްރިކެޓް ސްޓޭޑިއަމާއިއެކު ފުވައްމުލަކުގައި ކްރިކެޓް ތަރައްގީވެ ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރެވުނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !