25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ހޯދަނޑު ޗަސްބިން ސަރަހައްދުން އިއްޔެ ފުލުހުން އަތުލައިގަތް ތަކެތި، ފޮޓޯ؛ ފުވައްމުލަކު ޕޮލިސް ސްޓޭޝަން

ބަނގުރާކެއްކުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ އާލާތްތެއް ފުލުހުން ހޯދައިފި

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަންތަތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއް ފުވައްމުލަކު ހޯދަނޑު ޗަސްބިން އޮންނަ ސަރަހައްދުން ފުލުހުން ހޯދައިފިއެވެ. ފުލުހުން މިތަކެތި ހޯދައިފައިވަނީ އިއްޔެ ހެދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

“މިތަކެތި ފެނިފައިވަނީ މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢޫލޫމަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކު ހޯދަނޑު ޗަސްބިން އޮންނަ ސަރަޙައްދުގެ ވަލުތެރެއިން” ކަމަށް ފުލުހުން ހާމަކުރިއެވެ. މި ސަރަޙައްދު ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލަތްތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ 2 ހަން ފެނިފައިވާ ކަަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު