A wide advertisement which will be shown on all devices. (700 x 100)

“ބޭން ދަ ބޭގްސް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފި

އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ބޮޑެތި ގެއްލުތަކެއް ކަނޑުގެ ދިރުންތަކަށް ލިބޭ. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

“ބޭން ދަ ބޭގްސް” ގެ ނަމުގައި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކުރުމުގެ ކެމްޕޭނެއް މޯލްޑިވްސް ގެޓްއަވޭ އިން ފަށައިފިއެވެ. އެކުންފުނީގެ އިޖުތިމާއީ މަސްއޫލިއްޔަތުގެ ދަށުން ފެށި މިކެމްޕޭނުގައި ތަފާތު އެހެން ފަރާތްތަކުން ވެސް ބައިވެރިވެއެވެ. މިކެމްޕޭނުގެ މަގުސަދަކީ އާއްމު ގޮތެއްގައި ދިވެހިން އެއްފަހަރު ބޭނުން ކުރުމަށް އެތެރެ ކުރެވޭ ބާޒާރު ކޮތަޅު (ޕްލާސްޓިކް ކޮތަޅު) ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް ގޮވާލުމެވެ.

އެހެނީ މިގޮތުގެ މަތިން އެތެރެކުރެވޭ ބާޒާރު ކޮތަޅުގެ ސަބަބުން ރާއްޖޭގެ ނާޒުކު ފަރުތަކާއި ގޮނުދޮށްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދާތީ އެ މާހައުލުތައް ހިމާޔާތްކުރުމެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން 2015 ވަަނަ އަހަރު ރާއްޖެއަށް 17 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 66 މިލިޔަން ޕްލާސްޓިކް ކޮތަޅު އެތެރެކޮށްފައި ވެއެވެ. މީގެ ބޮޑު ބައެއް ރާއްޖޭގެ ފަރުތަކާއި ގޮނުދޮށްތަކަށް އުކާލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މީގެ ސަބަބުން ކަނޑު އަޑީގެ ދިރުންތަކާއި އެދިރުންތަކުގެ ނިޒާމަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދެއެވެ.

ދުނިޔޭގެ ކަނޑުތަކަށް ކޮންމެ އަހަރަކު ވެސް 8 މިލިޔަން މެޓްރިކް ޓަނުގެ ޕްލާސްޓިކު ކޮތަޅުތައް އުކާލެވޭ ކަމަށް ހިސާބުތައް ބަލަހައްޓާ ފަރާތްތަކުން ލަފާ ކުރެއެވެ. އެންމެ ފަހުގެ ދިރާސާތަކުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރު އަންނަން ވާއިރަށް ދުނިޔޭގެ ކަނޑުތަކުގައި މަހަށް ވުރެ ޕްލާސްޓިކްގެ ބައިތައް ގިނަވާނެއެވެ. ކޮންމެ ދުވަހަކު ވެސް 8 މިލިޔަން ޓަނުގެ ކުނި، ‘އެންމެ ބޮޑު ޑަސްބިނަށް’، ކަނޑަށް އުކާލެވެއެވެ. މިގޮތުން އުކާލެވޭ ކުނީގެ ބޮޑުމިން މުޅި ޔޫރަޕް ކޮންޓިނެންޓްގެ 1/3 ހާ ބޮޑުކަމަށް ވެއެވެ.

އުކާލެވެ ކުނީގެ ސަބަބުން ކަނޑުގެ މަންމަލިތައް ނޭވާ ހާސްވުމާއި ކަނޑުތައް ފުރެމުންދާ ދިއުމުން، މުޅި އިންސާނިއްޔަތަށް ވެސް ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ.

މިކަން ހައްލު ކުރެވޭނީ ޕްލާސްޓިކް ކޮތަޅުގެ އަސްލުތައް ރާއްޖެ ވަންނަމުންދާ މަގުތައް ބަދަލު ކުރެވިގެން ކަމަށް މިކެމްޕޭން ފެށި މޯލްޑިވްސް ގެޓްއަވޭ އިން ހާމަކުރެއެވެ. އެގޮތުން މިކެމްޕޭނުން އަމާޒު ކުރަނީ ޕްލާސްޓި ރާއްޖެ އެތެރެކުރުން މަނާކުރުމަށެވެ.

މައުލޫމާތު: ކޯޕަރޭޓް މޯލްޑިވްސް ވެބްސައިޓް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !