A wide advertisement which will be shown on all devices. (700 x 100)

ސިތާނާ ސްޓޯރ ސްކޫލް ސީޒަން ސޭލް ފެށެނީ

ސިތާނާ ސްކޫލް ސިޒަންގެ ސޭލް 2016 ގެ ޕޯސްޓަރެއް. ފޮޓޯ: ހަސަން

ފުޅާދާއިރާއެއްގައި ފުވައްމުލަކުގައި ފޮތާއި އާއްމު ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ސިތާނާ ސްޓޯރގެ ސްކޫލް ސީޒަން ސޭލް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. ކޮންމެ އަހަރަކުވެސް ސްކޫލް ހުޅުވުން ކައިރިކޮށްފައި ބާއްވާ މިސޭލަކީ ގިނަބަޔަކު ވިޔަފާރިކުރުމަށް އިންތިޒާރު ކުރަމުން އަންނަ ސޭލެކެވެ. 

މިސޭލް މިފަހަރު ވެސް ބާއްވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. މިސޭލް ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައި ވަނީ 3 ދުވަހުގެ މުއްދަތަކަށް، 31 ޑިސެމްބަރުން 2 ޖެނުއަރީގެ ނިޔަލަށެވެ. 

މިފަހަރުގެ ސްކޫލް ސީޒަން ސޭލްގައި %70 އާއި ހަމަޔަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް މިސޭލްގައި އިސްކޮށް އުޅުއްވާ ފަރާތަކުން ހާމަކޮފައި ވެއެވެ. މިފަހަރުގެ ސޭލްގައި ތަފާތު ވައްތަރުގެ މުދާތަކުގެ ސްޓޯލްތައް ހިމެނެއެވެ. އެގޮތުން ހިމެނޭ މުދާތަކުގެ ތެރޭގައި ފޮތް ފަންސުރު، ސްކޫލް ދަބަސް، ވާހަކަ ފޮތް އަދި ސްޓޭޝަނަރީގެ ބައިތައް، އަސްރަފީ ސިތާނާ ބުކްޝޮޕްގެ ސްޓޯލުން ލިބެން ހުންނާނެ ކަމަށް ވެއެވެ. މީގެ އިތުރުން ބަދިގެ ސާމަނު، އިލެކްޓްރޯނިކްސް، ސެންޓް، ބޮޑިސްޕްރޭ، ކޮސްމެޓިކްސް އަދި ކުޅޭ ސާމަނު ވެސް ލިބެން ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

ސިޓާނާ ސްޓޯރުން ހުވަދު އަތޮޅުގެ ރަށްރަށަށް ވެސް ބޯޓުގައި ސޭލް ދަތުރުތައް ކުރަމުން އާދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !