އާ އަހަރުގެ ޗުއްޓީ އަށް ފަހު އެނބުރި އިންޑިޔާ އަށް ދާން ބޭނުން ނުވާކަމަށް، މަޝްހޫރު ކޮމޭޑިޔަން ބާރްތީ ސިންހް ބުނެފިއެވެ. ހިންދީ ޓީވީ ބެލުންތެރިންގެ އެންމެ މަޤްބޫލު އަންހެން ކޮމޭޑިޔަން ބާރްތީ ސިންހް ޗުއްޓީ އަށް ރާއްޖެ އައިސް ނެގި ފޮޓޯއެއް އިންސްޓަ ކުރަމުން ބުނެފައިވަނީ ރާއްޖެ ދެކެ ލޯބިވާ ކަމަށާއި އެނބުރި ޤައުމަށް ދާން ބޭނުން ނުވާކަމަށެވެ.
ބާރްތީގައި ހުންނަ މީހުން ހެއްވާލުމުގެ ހުނަރުގެ ސަބަބުން އެވޯޑް ޙަފްލާތައް ހޯސްޓްކުރުމަށް އޭނާއަށް ގިނަ ފުރުޞަތުތަކެއް ލިބެއެވެ.
ބާރްތީ މިހާރު މަސައްކަތް ކުރަމުން ދަނީ ކޮމެޑީ ނައިޓް ބަޗާއޫ ތާޒާ ކިޔާ ޝޯއެއްގައެވެ. ޓީވީ ޝޯތަކުގައި މަސައްކަތްކުރުމުގެ އިތުރުން ބާރްތީ ވަނީ ސަނަމް ރޭ ކިޔާ ހިންދީ ފިލްމެއް ކުޅެފައެވެ. ބޮލީވުޑަށް މަޝްހޫރުވުމުގެ ކުރިން ބާރްތީ ވަނީ ޕަންޖާބީ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.
+
+
ޚިޔާލުތައް