15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ޝަފީއު(ކ)، ފޮޓޯ: ފޭސްބުކް ޕްރޮފައިލް

މިނިސްޓަރ އަދީބަށް ބަދު ދުއާއެއް އަޅުގަނޑު ނުކުރަން – ޝެއިޚް ޝަފީއު

މިނިސްޓަރ އަދީބަށް ބަދު ދުއާ ނުކުރާ ކަމަށް ފުވައްމުލަކަށް ނިސްބަތް ވާ ޝެއިޚް ޝަފީއު އަބްދުﷲ ހާމަ ކުރައްވައި ފިއެވެ. ޝައިޚް ޝަފީއު މިކަން ހާމަ ކޮށްފައިވަނީ ޑިސެމްބަރ 30 ވަނަ ދުވަހު ޝަފީއުގެ ފޭސްބުކް ޕޭޖްގައި އަޕްޑޭޓް ކޮށްފައިވާ ސްޓެޓަސް އާއި ގުޅިގެން ރާއްޖެ އެމްވީއެން ގެނެސް ދިން ޚަބަރަކާއި ގުޅިގެން ނެވެ.

ޝަފީއުގެ ސްޓެޓަސްގައި ވަނީ “މާތްﷲ އަދީބަށް ހިދާޔަތް ދައްކަވާށި، އަދި އެކަމަށް އިރާދަފުޅުގައި ނެތްނަމަ އޭނާގެ ބާރު ނެތި ކުރައްވާށި އަދި މުސްލިމުންގެ މައްޗަށް ހެޔޮލަފާ އޯގާތެރި ވަޒީރުން ލައްވާށި، އާމީން”. ނަމަވެސް، ރާއްޖެ އެމްވީ އިން ގެނެސްދިން ސުރުޚީ ގައި ލިޔެފައިވަނީ “އަދީބުގެ ބާރު ނެތިކުރެއްވުމަށް ޝެއިޚެއް ދުޢާ ކޮށްފި” ކަމަށެވެ. މިހެން ސުރުޚީ ގައި ލިޔެފައި ވިޔަސް ޝަފީއުގެ ދުއާ އެއްކޮށް ލިޔުމުގައި ގެނެސް ދީފައިވެއެވެ.

“ޚަބަރުގެ ސުރުޚީ ގައި އޮތީ އަޅުގަނޑުގެ މުޅި ދުޢާގެ ރޫޙާ ޚިލާފަށް ކަމަށް އަދި ދުއާގެ ރޫޙަކީ ހިދާޔަތަށް އެދުމާއި، މުސްލިމުންގެ ޢާންމު މަސްލަޙަތު” ކަމަށް ޝަފީއު ހާމަ ކުރެއްވިއެވެ. އަދި މިދުއާ އަކީ އިސްލާމީ ކޮންމެ ވެރިއެއްގެ މައްޗަށް ވެސް އޭނާ ކުރައްވާނެ ދުޢާ އެއް ކަމަަށް ވެސް ދިއިސްލާމް އާއި ދިސަލަފިއްޔާގައި ލިއުއްވަމުން ގެންދަވާ ޝަފީއު ހާމަ ކުރެއްވިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު