A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް 8 ގައި ބޭއްވުމަށް މާދަމާ އިއުލާން ކުރަނީ

ކުރިން ބޭއްވި އެމްޑީޕީ ޕްރައިމަރީއެއްގެ ވޯޓު ލުމުން.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފުތާގެ ހޮނިހިރު ދުވަހު (8 އޭޕްރީލް) ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. މިރޭ މާލޭގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކުރީގެ އިއުލާން ބާތިލްކޮަށް އަލުން އިއުލާންކޮށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިފަހަރު ފޯމް ބަލައިގަތުން އޮތީ ހަމައެކަނި މާލެއިންނެވެ.

އެންމެފަހުން ބޭއްވުނު އިލެކްޝަން ކަމިޝަނަށް ލަފާދޭ ގައުމީ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެންބަރުން އެދިފައި ވަނީ ކުރިީގެ އިއުލާނާއި އެއްގޮތަށް ފޯމްތައް ހުށަހަޅާފައިވާ ފަރާތްތައް ދެވަނަ ފަހަރަށް ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ކަންތައްތައް ހަމަޖެއްސުމަށެވެ. ނަމަވެސް އިލެކްޝަން ކަމިޝަނުން ނިންމީ ކުރިން އެކޮމިޝަނުގެ އިއުލާނާ އެއްގޮތަށް ފޯމު ހުށަހަޅާފައިވާ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުން، ފޯމުއާއި އެކު ހުރިހާ ލިޔެކިޔުމެއް އަލުން ހުށަހަޅަން ޖެހޭ ގޮތަށެވެ. އެކަމަކު އިންތިޚާބު މޮނިޓަރުންނާއި އޮބްޒާވަރުން އަދި ވޯޓްދޭތަން ރިރަޖިސްޓްރީ ކުރި މީހުން އަލުން ރިރެޖިސްޓްރީ ކުރާކަށް ނުޖެހޭނެ ގޮތަށެވެ.

އެކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓުންނަށް “ލުއި”ކޮށް ދިނުމުގެ ގޮތުން އެކޮމިޝަނަށް ހުށަހަޅާފައިވާ ޑިޕޮސިޓް ފައިސާއާއި ކުރީގެ ފަށްފުއްތައް އެ ކެންޑިޑޭޓުންނަށް ދޫކުރާނެ ކަމަށެވެ. ދެވަނަ ފަހަރަށް ފޯމު ހުށަހަޅަން ހަމަޖައްސަން ޖެހުނީ ކުރީގެ އިއުލާން ބާތިލު ކުރުމުންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނު އަސާސީގައި އެކިކޮމިޝަނަށް ލާޒިމުކުރާ މުއްދަތުތަކުގައި އިންތިޚާބު ބޭއްވުމަށް އެކޮމިޝަނުން މަސައްކަތް ކުރަނީ ކޮންގޮތަކަށްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވުމުން އެމޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން ބައްލަވަމުން ގެންދަވަނީ ގާނޫނުތަކައި ކޯޓު ހުކުމާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ޕީޕީއެމާއި ޑީއާރުޕީ ފިޔަވައި ހުރިހާ ޕާޓީއަކުން އަދި ގިނއަދަދެއްގެ އަމިއްލަ ކެންޑިޑޭޓުން ވެސް ވަނީ ކުރީގެ އިއުލާނާއި އެއްގޮތަށް ފޯމު ހުށަހެޅި ކަމަށް އިލެކްޝަން ކަމިޝަނުން މިއަދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޔޫއޯއިން ބޭއްވި ބައްދަލުވުމެއްގައި ނުރުހުން ފާޅުކުރަމުން ގޮވާލައްވާފައި ވަނީ ފާއިތުވި ދެ ތިން މަސްދުވަހުގެ ތެރޭގައި އެމީހުން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލީ އިލެކްޝަން ކޮމިޝަނުގެ ނާއިންސާފު ނިމުމަކުންނެވެ. އިދިކޮޅު ޕާޓީތަކުން ވަނީ ޕްރައިމަރީ ތައްބާވައި އެޕާޓީ ތަމްސީލު ކުރައްވާ ކެނޑިޑޭޓުން ނެރެފައެވެ.

މިޖެނުއަރީ މަހު 14ގައި ބޭއްވުމަށް އިލެކްޝަނުން ކުރި އިއުލާނަށް އިޖާބަދީ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އަމއިްލަ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅާއި އެފޯމުތައް އިލެކްޝަނުން ވަނީ ސައްހަކަމަށް ބަލައި ވެސް ގެންފައެވެ. ނަމަވެސް ވެރިކަން ކުރާ ޕީޕީއެމަށް ތައްޔާރު ނުވާތީ ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ އިލްޝަން ދެމަސް ދުވަހަށް ލަސްކުރަން ހުކުމް ކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !