A wide advertisement which will be shown on all devices. (700 x 100)

ޒިންމާދާރު ވެރިޔާ, މުނީރުގެ ސައިކަލު އަންދާލައިފި

އަންދާލާފައިވާ މުނީރު ހަސަންގެ ސައިކަލު . ފޮޓޯ: މިސްބާޙު މުނީރު، ފބ

ދަޑިމަގު ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަންގެ ސައިކަލު ބަޔަކު އަންދާލައިފިއެވެ. ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ސައިކަލު އަންދާލީ ކުރިން އިންޒާރު ދިނުމަށްފަހުގައި ކަމަށް މުނީރު މީޑިއާއަށް މައުލޫމާތު ދެއްވާފައި ވެއެވެ.

އިންޒާރު ދިނިމުގެ ގޮތުން ދެ މީހަކު ވިސްނައިގެން ހުންނަން ބުނެފައިވާ ކަމަށް މުނީރު އޮންލައިން ނޫހެއްކަމަށްވާ ސަންއަށް ވިދާޅުވި އެވެ.  

މުނީރު ހާމަކުރައްވާފައިވާ ގޮތުން ހޮނިހިރު ދުވަހު ހެނދުނު އޭނާ ބެލިއިރު، ސައިކަލު ބެހެއްޓި ތަނުގައި ނެތެވެ. އަދި ހޯދަމުން ދަނިކޮށް ސައިކަލު ފެނުނީ ފަޅު ގޯޗެއްގައި އަންދާލައި ހުއްޓައެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަލައިގެން މިހާރު މައްސަލަ ބަލަމުންދާ ކަމަށް ވެއެވެ.

މުނީރުގެ އާއިލާ މެންބަރަކު އޭނާގެ ފެސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުން، މި އަނިޔާވެރިަކން ގުޅިފައިވަނީ، ބަޔަކު ކުރި ނޭދެވޭ ކަންތައްތަކެއްގެ ވާހަކަ މުނީރު ހާމަކުރެއްވުމުން، އެކަމުގެ ބަދަލުހިފުގެ ގޮތުން ކުރިކަމެއްގެ ގޮތުގައެވެ.

ކޮންމެ މީހަކު ކުރިކަމުގައި ވިޔަސް، އެފަދަ ހަޑި މުޑުދާރު، ބަލައިނުގަނެވޭ އަމަލުތަކުގެ ސަބަބުން ވައްކަމާއި ގޭގެއަށް ކުރާ ގޯނާތަކާއި ދެކޮޅަށް އެމީހުންގެ އަޑުއުފުލުން ހުއްޓާނުލާނެކަމާއި އަދި ފަހަތަކަށް ނުޖެހޭނެ ކަން ހާމަކޮށްފައި ވެއެވެ.

މިއަދު 1000 ށް ވުރެ ގިނަ ސައިކަލު އަންދާލި ކަމުގައި ވިޔަސް ފަރުވާލެއް ނެތްކަމަށެވެ. އެކަމަކު ހަނދާން ކުރަންޖެހެނީ ދުނިޔެ އުމުރަށް މިބިންމަތީގައި ނުއުޅެވޭނެކަމެވެ. އަދި ކުރީ ރޭ އަންދާލި ސައިކަލުގެ ބަދަލު ގިޔާމަތް ދުވަހުން ދޭންޖެހޭނެ ކަމަށް ލިޔެފައި ވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !