A wide advertisement which will be shown on all devices. (700 x 100)

މާދަޑު ކައުންސިލުން އިސްލާމިކް މިނިސްޓްރީއާއިއެކު ހަދާފައިވާ އެއްބަސް އުވާލަނީ

އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި އިސްލާމިކް މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް

މާދަޑު އަވަށުގެ މިސްކިތްތައް ބެލެހެއްޓުމާއި ގުޅޭ ގޮތުން މާދަޑު ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އާއި ދެމެދު އެކުލަވާލައިފައިވާ އެއްބަސްވުން އުވާލަން މާދަޑު ކައުންސިލުން ނިންމައިފިއެވެ. މިއެއްބަސްވުން އުވާލަން މާދަޑު ކައުންސިލުން ނިންމާފައިވަނީ މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ އެއްބާރުލުން އިސްލާމިކް މިނިސްޓްރީން ނުދޭކަމަށް ބުނެއެވެ.

އިސްލާމިކް މިނިސްޓްރީ އާއިއެކު މާދަޑު ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން މާދަޑު އަވަށުގައި ހުންނަ ހަތަރު މިސްކިތެއް މާދަޑު ކައުންސިލުން ބަލަހައްޓަމުންދެއެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭކަމަށް ބުނެ މާދަޑު ކައުންސިލުން އެއެއްބަސްވުން އުވާލަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ. 

މިކަމާއި ގުޅޭގޮތުން މާދަޑު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއްބަސްވުން އުވާލައި، މިސްކިތްތައް ބެލެހެއްޓުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރައިގެ ފައިސާ މިނިސްޓްރީން ޖަމާކުރަނީ އެތައް ދުވަހެއް ފާއިތުވާ ފަހުން ކަމަށާއި ގިނަ ފަހަރު މުވައްޒަފުންނަށް މުސާރަ ދެނީ ކައުންސިލަށް ލިބޭ އާމްދަނީން ކަމަށެވެ.

ކައުންސިލްގެ އަމިއްލަ ބަޖެޓުން މުސާރަ ދިނުމުން އެ ފައިސާ ފަހުން މިނިސްޓްރީން ޖަމާކޮށްދޭ ކަމަށާއި އެކަމަކު މިދިޔަ މަހު މިނިސްޓްރީން އެ ފައިސާ ޖަމާކުރީ ލިބެންޖެހޭ އަދަދަށް ވުރެ 38،000ރ. މަދުން ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަން ހައްލުކުރަން މިނިސްޓްރީގައި އެދުމުން އެ ކައުންސިލް ބަދުނާމުކޮށް މީޑިއާގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

“އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ދިނުމުގެ މައްސަލާގައި މި ކައުންސިލުން ކުރެވެމުންދާ މަސައްކަތްތައް ލިޔެކިޔުންތަކުން ފެންނަ އެބަހުއްޓެވެ،” އެ ބަޔާނުގައިވެ އެވެ.

މިސްކިތްތައް ބެލެހެއްޓުމަށް ފޮނުވާ ފައިސާ އިން، ކުރަން ނުޖެހޭ ޚަރަދުތައް ކުރާ ކަމަށް ބުނެ މީޑިއާގައި މިނިސްޓްރީން ދެއްކި ވާހަކަތަކަކީ ދޮގެއް ކަމަށާއި އެ ކައުންސިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާތީ އެ މައުލޫމާތު ލޯކަލް ގަވަރްމެންޓް އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ގދ. ތިނަދޫ ކައުންސިލުން ވެސް ވަނީ އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމާ ބެހޭ ގޮތުން މިނިސްޓްރީއާ ދެމެދު ހެދި އެއްބަސްވުން އުވާލައި، އެ މަސައްކަތް ހުއްޓާލައިފަ އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !