އިމާމުންނާއި ހުކުރުކުރާ މީހުން ތާޒާ ކުރުމުގެ ވޯކްޝޮޕެއް އިސްލާމިކް މިނިސްޓްރީން ފުވައްމުލަކުގައި ކުރިޔަށް އެބަގެންދަވައެވެ. ދެދުވަހުގެ މުއްދަތަ ކުރިއަށްގެންދަވާ މި ބައްދަލުވުން ކުރިއަށް ގެންދަވަނީ ކުރުނދުމާ މާލަމުގައެވެ. މިރޭ މިބައްދަލުވުން ނިމިގެންދާނެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވަނީ ފުވައްމުލަކުގެ މިސްކިތަތްކުގެ އިމާމުންނާއި ހުކުރު ކުރާ މީހުންނެވެ. އެގޮތުން 29 އިމާމަކު މިބައްދަލުވުމުގައި ބައިވެރިވެއެވެ.
މިބައްދަލުވުމުގަިއ މައުލޫމާތު ދެއްވަނީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުްނނެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވާ ދާއިރާތަކުގެ ތެރޭގައި އިމާމުންގެ ސުލޫކު ބަހައްޓާނެ ގޮތްތަކައި، ސިވިލްސާވިސްގެ ގަވާއިދުތަކާއި ގުރުއާނާއި ފިގުހު އިލްމާއި ގުޅޭގޮތުން ކަމަށް ބައްދަލުވުމުގައި ބައިވެރިވާ އިމާމަކު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އިމާމުންނާއި ހުކުރު ކުރާ މީހުންނަށް (ޚަޠީބުންނަސް) މިފަދަ ތަމްރީން ޕްރޮގްރާމްތައް ގިނަގިނައިން ބޭއްވުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމެއްކަމަށް މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޢަލީ ފަޒާދު ވިދާޅުވިއެވެ.
29 މީހުން ބައިވެރިވި މިބައްދަލުވުމުގައި ކިޔަވައިދެއްވާ ބައިތަކުގެ ތެރޭގައި ޤުރްއާނާއި ފިޤްހު އަދި ދިވެހިބަސް ކިޔުމާއި ހުށަހެޅުމުގެ ހުނަރުގެ އިތުރުން މޮސްކް މެނޭޖްމަންޓް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ މަސައްކަތު ބައްދަލުވުންތައް ބޭއްވެވުމުގެ މަޤްޞަދަކީ، އިމާމުންނާއި ހުކުރުކުރާ މީހުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އެމީހުންގެ މަސައްކަތްތަކަށް ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް އޮޅުންފިލުވައިދީ ހައުހުވެރި ކުރުންކަމަށެވެ.
މިއީ މިގޮތުން ކުރިޔަށް ގެންދަވާ 3 ވަނަ މަސައްކަތު ބައްދަލުވުމެވެ. މީގެ ކުރިން މާލޭ ސިޓީއާއި އައްޑޫ ސިޓީގައި ވަނީ މީގެ ދެ ބައްދަލުވުން ކުރިޔަސްގެންގޮސްފައެވެ.
ޚިޔާލުތައް