A wide advertisement which will be shown on all devices. (700 x 100)

އުތުރު ދާއިރާގެ ސިޓީ ކައުންސިލް ގޮޑިއަށް ޕީޕީއެމް އިން ވާދަކުރާނީ ހަމަދު ކަމަށް ބެލެވޭ

ފުވައްމުލަކު ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓްގެ ގޮތުގައި ހަމަދު އަބްދުﷲ ވާރުތަ ހޮވާފައިވާ ކަމަށް މިކަން ނޫހަށް އިތުބާރު ހުރިގޮތަކަށް ކަށަވަރު ވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީ ފުވައްމުލަކުގެ ދެ ދާއިރާއެއްގައި މިމަހު 27 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސް އެޕްރައިމަރީތައް ކެންސަލްވެފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މިކަލް ނޫހަށް މައުލޫމާތުދެއެވެ. ނަމަވެސް ރަސްމީކޮށް މިވާހަކަތައް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއްނުދެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ގޮޑިއަށް ޕީޕީއެމް އިން ވާދަކުރާނެ ކަމަށް ބެލެވޭ ހަމަދު އަބްދުﷲ ވާރުތަ މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ އަދި ރަސްމީ ސިފައިގައި ޕީޕީއެމްގެ ޓިކެޓް ކަށަވަރު ކޮށްދީފައި ނުވާކަމަށެވެ.

ހަމަދާއި ދެކޮޅަށް ޕްރައިމަރީގައި ނިކުންނާނެ ކަމަށް ބެލެވުނު އަސްލަމު (ކަސްޓަމާ) ވިދާޅުވަނީ ނަންއަބުރާ ނުގެންދާ ކަމަށާއި ޕްރައިމަރީ ނުއޮންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. “ހަމަދު ނަން އަބުރާ ގެންދިޔައީތަ؟” ޕްރައިމަރީ ކެންސަލްވެފައިވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ކަސްޓަމާ ސުވާލު އުފެއްދިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އުތުރު ގޮޑިއަށް ޕީޕީއެމް ގެ ފަރާތުން ކުރިމަތިލުމުގެ ޓިކެޓް ހަމަދު ކަށަވަރު ކޮށްފައިވަނީ ޕޮއިންޓް އުސޫލުން ކަމަށް މިކަލް ނޫހަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ކޮށްދެއެވެ.

މިދިޔަ މަޖިލިސް އިންތިޚާބުގައިވެސް ފުވައްމުލަކު އުތުރު ދާއިރާގެ ޕްރައިމަރީ އާއި ގުޅިގެން ގިނަ ޝަކުވާ ތަކެއް ކުރިމަތިވިއެވެ. އެފަހަރު ޕޮއިންޓް އުސޫލުން އޭރުގެ މަޖިލިސް މެންބަރު ރަފީގު ހޮވިފައިވީ ނަމަވެސް ޝަކުވާތައް ގިނަވުމުގެ ސަބަބުން އަލުން ޕްރައިމަރީ ބާއްވަން ޕީޕީއެމް އަށް ޖެހުނެވެ. އަދި އެ ޕްރައިމަރީ ރަފީގުއަށް ކާމިޔާބެއް ނުކުރެވުނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !