A wide advertisement which will be shown on all devices. (700 x 100)

މައިކޮލެޖުގެ އައު ކޯސްތަކެއް ފުވައްމުލަކުގައި ފަށަނީ

މިއާންޒް ކޮލެޖުގެ އިސްވެރިންނާއި ބައެއް ބައިވެރިން. ފޮޓޯ: އަބްދުﷲ ރަޝީދު

މިއާންޒް އިންޓަރނެޝަނޭލް (މައި) ކޮލެޖުން ފުވައްމުލަކުގައި އިތުރު ދާއިރާތަކުން މަތީ ތައުލިމުގެ ފުރުސަތުތައް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަކަމަށް އެކޮލެޖުގެ ޑިރެކްޓަރ އޮފް އިންޓަރނޭޝަނލް އެފެއަރޒް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އެގޮތުން އެކޮލެޖުގެ އިސް ފަވުދެއް ފުވައްމުލަކަށް ޒިޔާރަތް ކުރައްވަައި ކަމާގުޅޭ މައުލުމާތު އެއްކުރައްވާފައިވެއެވެ. މިދިޔަ ހަފުތާގައި ފުވައްމުލަކަށް ޒިޔާރަތްކުރި މިވަފުދުގައި އެކޮލެޖުގެ ޗެއަރމަން މިސްޓަރ މޯއްޓަކީ އާއި ޑރ. އަބދުއްﷲ ރަޝީދު ބައިވެރިވެ ވަޑައިގަންފައި ވެއެވެ.

މައި ކޮލެޖުން ފުވައްމުލަކުގައި އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކޯސްތަކުގެ ތެރޭގައި ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ކޯސްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސްތައް ހިމެނޭއެވެ. ސްރީލަންކާގެ އޯޕަން ޔުނިވަރސިޓީ އާއި މެލޭޝިއާގެ އޭޝިއާ އީ ޔުނިވަރސިޓީ އާއި އެފިލިއޭޓް ވެފައިވާ މައި ކޮލެޖުން ހިންގާ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.

2013 ވަނަ އަހަރުން ފެށިގެން މައިކޮލެޖުން އަންނަނީ ފުވައްމުލަކުގައި މަތީ ތައުލީމުގެ ކޯސްތަކުގައި ކިޔަވައިދެމުނެނެވެ. އެކޮލެޖުން ފުވައްމުލަކުގައި ފުރަތަމަ ފެށީ ޕްރިސްކޫލް ޓީޗިން ޑިޕްލޮމާ ކޯހެކެވެ. އަދި ފަހުން ޑިގްރީ ކޯހެކެއެވެ.

މައިކޮލެޖުގެ 2 ކަމްޕަސް މާލެގައި ހުންނައިރު ހުޅުމާލޭގައި 1 ކެމްޕަސް ހުރެއެވެ. ހުޅުމާލޭ ކެމްޕަހުގެ އިސްފަރާތަކީ ޑރ. އަބްދުﷲ ރަޝީދެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކޮލެޖުގެ 15 ކެމްޕަސް ހުރެއެވެ. ފުވައްމުލަކުގައި މައިކޮލެޖު ހިގަމުން އަންނަނީ މާދަޑު ކައުނސިލް ކައިރީ، ‘ވެށި’ ގައެވެ.

މައިކޮލެޖުގެ ފުވައްމުލަކު ދަތުރުގައި ކޯސް ޕްރޮމޯޝަން ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ފުވައްމުލަކުގެ ސްކޫލްތަކާއި އެކު ތަފާތު ބައްދަލުވުންތަކެއް ބާއްވައި ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި “ސްޕެޝްލް އެޑިއުކޭޝަން” މެއިންސްޓރީމް ކުރެވިގެން ދާއިރު ސްކޫލްތަކުގެ ހުރިހާ ޓީޗަރުނަށް އެ ދާއިރާއިން ބޭރުގެ ޔުނިވަރސިޓީއްގެ ކޯހެއް ފުވައްމުލަކުގައި ހިންގުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އަބްދުﷲ ރަޝީދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް ގެންދެވޭ ކޯހަކީ ވަޒީފާގައި ތިބެގެން ފަސެހަކަމާއެކު ކިޔެވޭގޮތަށް، ބްލޮކް މޯޑަށް ކިޔެވޭ ކޯހަކަށް ހެދުމާއި އެކޯހުގައި ބޭރުގެ ޔުނިވަރިސޓީގެ ލެކްޗަރަރ އިން ބައެއް ގަޑިތައް ނަގައިދޭ ގޮތަށް ހަމޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !