A wide advertisement which will be shown on all devices. (700 x 100)

އޭއީސީ އާއި ހޭޒް ސުކޫލްގެ ޕްރިންސިޕަލުން ބަދަލުކޮށްފި

ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) އާއި ހާފިޒް އަހްމަދު ސުކޫލް (ހޭޒް)ގެ ޕްރިންސިޕަލުން ކުއްލި ގޮތަކަށް އިއްޔެ ބަދަލު ކޮށްފިއެވެ. މިކަލް ނޫހަށް އެގިފައިވާ ގޮތުގައި އޭއީސީގެ ޕްރިންސިޕަލް ކަމުގެ މަގާމް ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އެސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަހުމާ އާއި އެވެ. އަދި ހޭޒް ސުކޫލް ހިންގުން ހަވާލު ކޮށްފައި ވަނީ އޭއީސީގެ ލީޑިންގ ޓީޗަރ މުހައްމަދު ފަޔާޒް އާއެވެ.

ފުވައްމުލަކުގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ މިދެސުކޫލްގެ އެންމެ އިސްވެރިން ބަދަލު ކޮށްފައިމި ވަނީ ރަށުގެ ސިޔާސީ ބައެއް ފަރާތްތަކުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. “މިފަދަ ކަންކަމުން ހާމަކޮށްދެނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ސިޔާސީ ނުފޫޒް ފޯރައިފައިވާ މިންވަރު، ތައުލީމްދޭ ތަންތަނަކީ ސިޔާސީ ކުޅިވަރު ކުޅޭ ތަންތަން ކަމަށް ވެއްޖެނަމަ ދިވެހި ދަރިންގެ ކުރިމަގު ފެންނާނީ ވަރަށް ބަނަކޮށް، ސުކޫލްތަކުގެ ގާބިލް ޓެކްނިކަލް ޓީޗަރުންނާއި މެނޭޖްމަންޓާއި އަދި ސުކޫލްގެ ހުރިހާ ކަމެއް އޮންނާނީ ސިޔާސީވެފައި” ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު ސިޔާސީ ނުފޫޒު ފޯރަފާނެތީވެ، ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމްގައި ހުންނެވި އަބްދުﷲ ރަޝީދު އަހްމަދު އާއި ހާފިޒް އަހްމަދު ސުކޫލްގެ ޕްރިންސިޕަލްގެ މަގާމްގައި ހުންނެވި މަރިޔަމް ނާސިރު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް މާލެ ވަޑައިގަތުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެދިވަޑައިގަތުމުން ފުރާވަޑައިގެންފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !