21 އެޕްރީލް 2018 (ހޮނިހިރު)


ޏ.އޭއީސީގެ ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި

ޏ.އޭއީސީގެ ދަރިވަރުން ކެރިއަރ ގައިޑެންސް ސެޝަނެއްގައި 2017. ފޮޓޯ: ޏ.އެއީސީ

ޏ.އޭއީސީގެ ދަރިވަރުން ކެރިއަރ ގައިޑެންސް ސެޝަނެއްގައި 2017. ފޮޓޯ: ޏ.އެއީސީ

ޏ.އޭއީސީގެ ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (މިޓް) އިން ބާއްވައިފިއެވެ. ނިމުނު ހަފުތާގައި ޏ.އޭއީސީގައި ބޭއްވި މި ބައްދަލުވުމުގައި ދަރިވަރުން ސްކޫލް ނިންމުމަށްފަހު ކުރިއަށް ދާނެ ރޮނގަކާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.

މިޓް އިން ކުރިޔަށްގެންދިޔަ މި ސެޝަނުގައި ދަރިވަރުންނަށް ބޭސިކް އިލެކްޓރިކަލް ކަނެޝަން ހަދާނެ ގޮތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން އިލެކްޓްރިަކލް ޕްލަގަކަށް އޭސީ ކަރަންޓް ވައެރު ގުޅާނެގޮތާއި އެކަމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިސެޝަނަށް ދަރިވަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބުންދިޔައެވެ. ޚާއްސަކޮށް ޕްރެކްޓިކަލް ކަންތައްތަކެއް މިފަދަ ކެރިއަރ ގައިޑެންސް ސެޝަނަކުން ލިބުމުގެ ފުރުސަތު ފަހިވުމުން ދަރިވަރުންގެ ހިނިތުންވުން ފެނިގެން ދިޔަކަމަށް ފާހަގަ ވިއެވެ.

މިޓްއަކީ 2005 ވަނަ އަހަރުން ފެށިގެން ސެޓްފިކޭޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ ލެވެލައަށް މަތީ ތައުލީމު ދޭ ޕްރައިވެޓް އިންސްޓިޓިއުޓެކެވެ. އެ އިންސްޓިޓިއުޓުން ގިނައިން ހިންގަނީ ވޮކޭޝަނަލް ނުވަތަ މަސައްކަތްތެރިކަމުގެ ކޯސްތަކެވެ. އެގޮތުން އިލެކްޓްރިކަލް ވަޔަރިން އާއި އެއަރކޮންޑިޝަނިން އެންޑް ރެފްރިޖެރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތައް ފާހަގަ ވެއެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!