20 މީހުންނާއެކީ ދަތުރުކުރަމުންދިޔަ ފުވައްމުލަކު ނާރެސް ބޯޓް ފަރަށް އަރައިފިއެވެ. މާލެއިން ފުރައިގެން ދަނިކޮށް، މި ބޯޓު އަރާފައިވަނީ މަނިޔަފުށީ ފަރަށެވެ. މިބޯޓު ގައި ދެކުޑަކުދިންނާއި ފަސް އަންހެނުންނާއި 13 ފިރިހެނުން ތިއްބެވެ. މިހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. މިބޯޓް ފަރަށް އަރައިފައިވަނީ މިދިޔަ ހޯމަ ދުވަހގެ ރޭގައި ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
ބޯޓް ފަރަށް އެރި ތިބި 20 މީހުންގެ ތެރެއިން 16 މީހުން އެމްއެންޑީއެފުގެ އެހީތެރިކަމާއި އެކު ވަނީ މާލެ ގެނެސްފައެވެ. އަދި ބޯޓް ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
+1
+1
ޚިޔާލުތައް