18 އޮކްޓޫބަރ 2017 (ބުދަ)


ބަނދަރަށް ނުވަދެވިގެން މާނޭރަށް މުދާ ބާލަނީ

މިއަދު މާނޭރު ފަންނަށް މުދާ ބާލަމުންދާ ތަން. ފޮޓޯ. އަންޑޭ

މިއަދު މާނޭރު ފަންނަށް މުދާ ބާލަމުންދާ ތަން. ފޮޓޯ. އަންޑޭ

މާލެއިން ފުރައިގެން ރޭ ފުވައްމުލަކަށް އައި ހަވާސް ބޯޓަށް ބަނދަރަށް ވަދެވޭ ގޮތެއް ނުވިއެވެ. ބޯޓުގެ މާލިމީ ޝާހު މިކަލް ނޫހަށް މައުލޫމާތު ދެމުން ހާމަކުރެއްވި ގޮތުގައި، މިދުވަސްވަރު މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ރޭއްސުރެ އުޅެގެން ބަނދަރުގެ ނެރުން ވަދެވޭވަރެއް ނުވެގެން އެންމެ ފަހުން މިހާރު މާނޭރަށް ބޯޓު ގެންގޮސް ބައެއް މުދާ ބާލަން ފަށާފަފައިވާ ކަމަށެވެ.

މިކަލް ނޫހަށް މައުލުމާތު ދިން އެހެން މީހަކު ބުނި ގޮތުގައި މިއަދު ހަވީރު ހަވާސް ބޯޓުން މުދާ ބާލަމުން ދަނީ މާނޭރަށެވެ. މިހާރުވެސް މުދާ ބޭލުމުގެ މަސައްކަތް މާނޭރު ފަންނުގައި ކުރިޔަށްދެއެވެ.ގިނަ ދުވަސްތަކަކަށްފަހު ބޮއްކުރާގައި މާނޭރު ނެރުންތެރެއިއިން މުދާބާލާތަން ބަލަން ގޮސް ގިނައަދަދެއްގެ ބަޔަކު އަތިމައްޗަށް ޖަމާވަމުން އެބަދެއެވެ. މާނޭރު ފަންނުން ކަނޑު މަޑުވެފައި، ރާޅެއްގެ އަސަރެއް ނެތްކަމަށް ވެއެވެ. 

ބޯޓުން ބާލަމުން ދަނީ ފިނިކޮށްފައިވާ، އަދި އަވަހަށް ހަލާކުވާ ޒާތުގެ މުދާކަމަށާއި އެހެން މުދާތައް ބޭލޭނީ ބަދަރަށް ވަދެވުމުން ކަމަށް ބަނދަރަށް ހާމަކުރެއްވިއެވެ.

ފުވައްމުލަކު ބަނދަރު 2003 ގައި ހުޅުވިފަހުން މިވީ 14 ވަރަކަށް އަހަރުތެރޭގައި މިގޮތަށް މުދާ ބާލަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ބައެއް އެހެން އަހަރުތަކުގައި ވެސް ގަދަވާ ދުވަސްކޮޅު ބަދަރުގެ ނެރުގެ އަނގަމަތިކޮޅުން ގަދަވެ، ނަގާ ރާޅު ބޮޑުކަމުން ނުވަދެ މަސްދޯނިތަކާއި ބޯޓުތައް ރަށު ބޭރުގައި މަޑުކުރަން ވެސް ޖެހިފައި ވެއެވެ. އެކަމަކު މިގޮތަށް މާލެ ދަތުރުކުރާ މުދާއުފުލާ ބޯޓު އަންނަ ދުވަހަކާއި ދިމާވެފައެއް ނެތްކަމަށް ޝާހު ހާމަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ތެރޭގައި ވެސް 2-4 ދުވަސް މިގޮތަށް ގަދަވެ ބަނދަރަށް ވަނުމުގައި އުދަގޫވެ ނުރާއްކާ ބޮޑުވެއެވެ. އެހެން ނަމަވެސް މުޅި އަހަރުގައި ހެން ބަދަރަށ ްވަނުމުގައި މާކަ ބޮޑު ދައްޗެއް ދިމަލެއް ނުވާކަމަށް ދަތުރުވެރުިން ބުނެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!