A wide advertisement which will be shown on all devices. (700 x 100)

ބަންޑާރަ ކިޅީގައި ރެސްޓޯރަންޓް ހުރިތަން ކުއްޔަށް ދޭން އިއުލާންކޮށްފި

ބަންޑާރަ ކިޅީގައި ހިންގި ރެސްޓޯރަންޓް ހުރިތަން ކުއްޔަށް ދިނުމަށް ދެވަނަ ފަހަރަށް އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެތަން ކުއްޔަށް ދޫކުރުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފައިމިވަނީ ފުރަތަމަ ގޮވާލުމުގައި އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން މިތަން ކުއްޔަށް ދޫކުރުމަށް އަތޮޅު ކައުންސިލުން އިއުލާންކޮށްފައިވަނީ މަޝްހޫރު ރޯޔަލް ރެސްޓޯރަންޓް ހިންގާ ފަރާތުން ލޭކް ހައުސް ނަމުގައި ހިންގި އެ ރެސްޓޯރަންޓް ކުއްޔައް ދޫކޮއްފައިވާ މުއްދަތު ހަމަވުމާއި ގުޅިގެނެވެ.

ބަންޑާރަ ކިޅީގައި ބޮއްކުރާ ދުއްވުމުގެ ޚިދުމަތާއި އެކު ކުރިން ކުރިއަންގެންދިޔަ އެ ރެސްޓޯރަންޓަކީ މެހެމާނުންނަށް މަގުބޫލު ތަނެކެވެ.

މިތަން ކުއްޔަށް ދިނުމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލު ވުމެއް އަންނަ އާދީއްތަ ދުވަހު އޮންނަ އިރު 2000 ރުފިޔާ އަށް ވިއްކާ ބީލަން ފޮތް 12 ޖެނުއަރީ ވާ ހޯމަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެއެވެ. އަދި ބީލަން ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 22 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަމަށްވެސް އަތޮޅު އޮފީހުން ހާމަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !