22 ޖޫން 2018 (ހުކުރު)


ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން އަންގައިފި

އެކި އެކި ބޭނުންތަކުގައި ހެއްދެވިފަރާތަށް ކުރާ ދުއާތައް އެބައެއްގެ ބަހުރުވައިން ކިޔުމަކީ އެއގެ ފައިދާ ކުދަވާނެ ކަމެއް ބާ؟

އެކި އެކި ބޭނުންތަކުގައި ހެއްދެވިފަރާތަށް ކުރާ ދުއާތައް އެބައެއްގެ ބަހުރުވައިން ކިޔުމަކީ އެއގެ ފައިދާ ކުދަވާނެ ކަމެއް ބާ؟

މިދުވަސްކޮޅު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ 'ސްވައިން ފުލޫ' ބަލިން ސަލާމަތްވުމަށް އެދި، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި "ގުނޫތު ނާޒިލާ" ކިޔުމަށް އިސްލާމިކް މިނިސްޓްރީން މުދިމުންނަށް އަންގަވައިފިއެވެ.

ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގަވާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް އަޑުބާރުކޮށް ކިޔަވާ ނަމާދުތަކުގައި އެވެ. މި ދުޢާ ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު، 15 މާރޗް ވާ ބުދަދުވަހުގެ މަޣުރިބް ނަމާދުން ފެށިގެން އެމިނިސްޓްރީން ވަކިގޮތެއް އަންގަވަންދެނެވެ.

ވުމާއެކު ކޮންމެ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މަޣުރިބު، އިޝާ އަދި ފަތިސް ނަމާދުގެ އިތުރުން ހުކުރު ދުވަހުގެ ހުުކުރު ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައެވެ. މިސްކިތްތަކުގައި ކިޔުމަށް އެމިނިސްޓްރީން އެދޭ ގުނޫތުގެ ކޮޕީއެއް މުދިމުންނަށް ލިބޭނޭ އިންތިޒާމު ވެސް ވަނީ ހަމަޖައްސަވާފައެވެ.

ނަމާދުގައި ގުނޫތު ކިޔުމަކީ ދީނީ އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުރިކަމެކެވެ. ނަމަވެސް ރާއްޖޭގައި ކުރިން އައީ ކޮންމެ ފަތިސް ނަމާދެއްގެ ފަހު ރަކުއަތުގައި ގަވާއިދުން ގުނޫތު ކިޔަމުންނެވެ. އެކަން ހުއްޓުނީ 2009 ގެ ފަހުން ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް ވަހަކަ ދައްކައި އަޑުއުފުލަން ފެށުމުންނެވެ.

ނަމަވެސް މުސްލިމު ބަޔަކާއި އާފާތެއް ކުރިމަތިވާ ހިނދު ދުއާ ކުރުމުގެ ގޮތުން ނަމާދުގައި ގުނޫތު ކިޔުމަކީ މުސްތަހައްބު ކަމެއް ކަމުގައި ގިނަ އިލްމުވެރިން އެއްބަސްވެއެވެ. މިފަހަރުގެ ކިޔުމަށް ހަމަޖެހިފައިވާ ގުނޫތާއި ކުރިން ފަތިސްނަމާދުގައި ކިޔަމުން އައި ގުނޫތާއި ދެމެދު ތަފާތުތަކެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!