20 ސެޕްޓެމްބަރ 2019 ( ހުކުރު )

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމަށް އަބްދުﷲ ރަޝީދު ހަމަޖައްސައިފި

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމު އަބްދުﷲ ރަޝީދުއަށް ދެއްވައިފިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކި ކުރެއްވުމަށްފަހު، އަބްދުﷲ ރަޝީދުއަށް ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމު ދެއްވައިފިއެވެ.

އަބްދުﷲ ރަޝީދު ގެ ފޭސްބުކް ޕެޖް ގައި އޭނާ ވަނީ މިކަން ކަށަވަރު ކޮއްދީފައިއެވެ.” މިއަދަކީ އާ ސްކޫލްގެ ފުރަތަމަ ދުވަސް، މަޖީދިއްޔާ ސްކޫލް އަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި ސްކޫލް” އަބްދުﷲ ރަޝީދު ފޭސްބުކްގައި ހާމަކޮއްފައިވެއެވެ.

ނަމަވެސް ހާފިޒް އަހްމަދު ސުކޫލް (ހޭޒް)ގެ ޕްރިންސިޕަލް ކަން ކުރެއްވި މަރިޔަމް ނާސިރު ބަދަލުކުރީ ކޮން ސްކޫލަކަށް ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމަށް އަބްދުﷲ ރަޝީދުއަށް ހަމަޖައްސަވާފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) އާއި ހާފިޒް އަހްމަދު ސުކޫލް (ހޭޒް)ގެ ޕްރިންސިޕަލުން ކުއްލި ގޮތަކަށް ބަދަލު ކޮށްފައިވާ ދަނޑިވަޅެއްގައިއެވެ. އަދި ބައެއް ފަރާތްތަކުން މި ގެނެވުނު ކުއްލި ބަދަލާއި މެދު، ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު