A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ވޯކްޝޮޕެއް ފުވައްމުލަކުގައި ބާއްވަނީ

އެމްޑީޕީ މިއަދު ކުރިޔަސްގެންދިޔަ ކެމްޕއެިން ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ތޮލާލު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު އެމްޑިޕީން ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ކެމްޕޭން ހަރަކާތުގެ ތެރެއިން ކެމްޕެއިން ވޯކްޝޮޕެއް މިއަދު ހަވީރު ފުވައްމުލަކުގައި ކުރިޔަށް އެބަގެންދެއެވެ.

މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މެދު ދާއިރާގެ އެމްޑިޕީ ހަރުގޭގައެވެ. މި ވޯކްޝޮޕްގެ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުން އެޕާޓީގެ އިސް އޮފިޝަލުންތަކެއް މިއަދު ވަނީ ފުވައްމުލަކަށް އައިސްފައެވެ. އޭގެ ތެރޭގައި ޕާޓީގެ ނާއިބު ރައީސް، ޝިފާޒާއި އެހެން ބައެއް އިސްމެމަބަރުން ހިމެނެއެވެ.

މިއަދު ހަވީރު ކެމްޕެއިން ވޯކްޝޮޕް ފެށުމުގެ ކުރިން ޕާޓީގެ ދިދަ ނެގުމުގެ ޚާއްސަ ހަަރަކާތެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ޕާޓީގެ ދިދަ ނަންގަވާދެއްވީ ކުރިން ޕީޕީއެމަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ، ފުވައްމުލަކުގައި އެޕާޓީގެ އިސްހަރަކާތްތެރިއެގެ ގޮތުގައި އުޅުއްވި މުޙައްމަދު ޚާލިދު (ކެއުޅޭ) އެވެ. 

ކެއުޅާ ވަނީ އެމްޑީޕީ ކެމްޕޭނުް ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް ކެއުޅާ އެމްޑީޕީއަށް ވަންކަން ސާފުވާގޮތެއް ނުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !