17 އޮކްޓޫބަރ 2017 (އަންގާރަ)


މާބަނޑު މީހުނަށް ވެކްސިން ދިނުން އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގައި

ސްވައިން ފްލޫ ރޯގައަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ ޕޯސްޓަރެއް.

ސްވައިން ފްލޫ ރޯގައަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ ޕޯސްޓަރެއް.

މިހާރު ރާއްޖެއަށް ކުރިމަތިގެން އުޅޭ ސްވައިން ފްލޫ ރޯގާގެ ވެކްސިން ފުވައްމުލަކުގެ މާބަނޑު އަންނެހުންނަށް ދޭން އިއްޔެ ފަށައިފިއެވެ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ގޮތުގައި އިއްޔެ (19 މާރޗް 2017) ވީ އާދީއްތަ ދުވަހު މެންދުރު ފަހު 3:00 ން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް އިންފުލުއެންޒާ ވެކްސިން ޖަހައިދިނުމުގެ ޚިދުމަށްދީފައި ވެއެވެ. މިއަދު ވެކްސިން ޖަހައިދިނުން އޮތީ މެންދުރުފަހު 2:00 ން ހަވީރު 6:00 އަށެވެ. އެކަމަކު މާދަމާ ވެކްސިން ޖަހައިދޭނެ ވަކި ގަނޑިއެއް ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން ހާމަކުރައްވާނީ މިވެކްސިން ޖެހުމަށް އެދޭ މާބަނޑު މީހުން އައިޑެންޓީޓީ ކާޑާއި މާބަނޑުކަމުގެ ލިޔުން ހިފައިގެން އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ހާޒިރުވުމުން ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިވެކްސިން ޖެހުމަށް 130.00 ރުފިޔާ ދައްކަން ޖެހެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އިތުރުން ވެސް މިވެކްސިން ޖަހައދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް ވަކިވަކިން މިވެކްސިން ޖަހައިދިނުމަށް ދަތިވަނީ ވެކްސިން ޕެކް ކުރެވިފައި ހުންނަނީ 10އެތިން 10 އެތިން ކަމަށް ވުމެވެ. ވުމާއެކު ހަމަޖެހިފައި ވަނީ 10 މީހުން ހަމަވުމުން ޖަހައި ވެކްސިން ޖަހައި ދޭގޮތަށެވެ. ބަންދުކުރެވިފައިވާ ވެކްސިން ފޮށި ކަނޑައިގެން، ވަކިން އެކަތި ޖެހުމަށް ފަހު ދެންހުރި ވެކްސިންތައް ރައްކާކުރުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެތީ، އެގޮތަށް ހަމަޖައްސާފައި އޮތީ ކަމަށްވެއެވެ.

މިދުވަސްކޮޅު ގިނަބަޔަކު ސްވައިން ފްލޫ ވެކްސިން ޖަހަން އެދެމުން ދިޔަކަމުގައި ވިޔަސް މިވަގުތު ރާއްޖޭގައި ވެކްސިން ލިބެން ހުރި އަދަދު މަދުކަމުން ވެކްސިން ޖަހައިދެނީ ހަމައެކަނި މާނބަނޑު އަންހެންނުންނަށެވެ. އަދި ސިއްހީ ދާއިރާގައި ސްވައިން ފްލޫ ކްލިނިކްތަކާއި އެކަމާއި ގުޅާ މަސައްކަތްކުރާ ނަރުހުންނަށް ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވެއެވެ. ރާއްޖެއިން ސްވައިން ފްލޫއަށް ޓެސްޓުކުރެވިން ހުރީ ހަމއެކަނި މާލޭގެ އައިޖީއެމް އެޗް އިންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!