A wide advertisement which will be shown on all devices. (700 x 100)

އިތުރު ފަރާތްތަކަށް ވެކްސިން ދޭން ހޮސްޕިޓަލުން ތައްޔާރުވަނީ

ހެލްތު މިނިސްޓްރީގެ ހޭލުންތެރިކަމުގެ ޕޯސްޓަރެއް

މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ރޯގާ އިން ރައްކާތެރިވުމުގެ ގޮތުން އިތުރު ފަރާތްތަކަށް ވެކްސިން ދިނުމަށް ޏ.އަތޮޅު ހޮސްޕިޓަލުން ތައްޔާރުވަމުން އަންނަކަން އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފައި ވެއެވެ. މިއަދު އެ ހޮސްޕިޓަލުން އާއްމުކުރި ލިޔުމެއްގައިވާ ގޮތުން ކުރިން މިވެކްސިން ދެމުން އައި މާބަޑުމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އަދި ވެސް އިތުރު ބައެއް ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އިތުރަށް ވެކްސިން ދިނުމަށް ހަމަޖެހިފަިއވާ ފަރާތްތަކަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައިވާ ފަރާތްތަކާއި، ކެންސަރުބަލީގެ ފަރުވާ ހޯދާ އަދި ފަރުވާ ނިމިފައިވާ ފަރާތްތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރާ 3 އަހަރުން މަތީގެ މީހުންނާއި، އަދި ޑައިލިސިސް ހަދަމުންދާ ފަރާތްކަށެވެ.

ހޮސްޕިޓަލުގެ އެލިޔުމުގައި ވާގޮތުން އެފަރާތުން އަންނަނީ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިވެކްސިން އަދި ހޮސްޕިޓަލަށް ލިބިފައެއް ނުވެއެވެ. އަދި ވެކްސިން ޖެހުމަށް ނަން ނޯޓު ކުރާކަމެއް ވެސް އޮޅުންފިލާ ގޮތެއް ނުވިއެވެ.

އަލަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ޑޮކްޓަރުގެ ލިޔުމާއި އައިޑިކާޑު ހުށަހަޅަން ޖެހެއެވެ. ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވަކި ބައްޔަކަށް ޚާއްސަކޮށް ފަރުވާ ހޯދަމުން ނުދާ ފަރާތްތައް ޑޮކްޓަރުގެ ލިޔުން ހުށަނޭޅިޔަސް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެއެވެ. އަދި ވެކްސިންގެ އަގެއްގެ ގޮތުގައި 130.00 ރުފިޔާ ދައްކަން ޖެހެއެވެ. 

މާބަނޑު މީހުންށް ވެސް ވެކްސިން ދިނުމަށް އިއުލާން ކުރެވިފައި ވަނީ 130.00 އަށެވެ. ނަމަވެސް، ވެކްސިން ޖެހި މާބަނޑު މީހަކު މައުލޫމާތު ދިންގޮތުގައި އޭނާގެ ވެކްސިން އަށް ފައިސާއެއް ދައްކާކަށް ނުޖެހުނެވެ. ޚާއްސަ ފަރާތެއްގެ އެހީއެއް ކަމުގައި ވެކްސިން ޖަހާދިން ފަރާތުން ބުނިކަމަށެވެ.

މާބަނޑު މީހުންނަށް މިއަދުންފެށިގެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 ން ފެށިގެން މަންދުރުފަހު 2:00 ށް ވެކްސިން ޖަހައިދިނުމުގެ ޚިދުމަށް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކަލް ނޫހަށް އެނގުނު ގޮތުގައި، ހޮސްޕިޓަލުން ބުނަނީ ޚާއްސަ ފަރާތެއްގެ އެހީގައި ވެކްސިން ހިލޭ ޖަހައިދެމުން ދަނީ ހަމައެކަނި މާބަނޑު މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް އަލަށް ވެކްސިން ދޭން ހަމަޖެހުނު ފަރާތްތކަށް ވެސް އެވިދާޅުވާ “ޚާއްސަ ފަރާތު”ގެ އެހީގައި ވެކްސިން ލިބުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !