A wide advertisement which will be shown on all devices. (700 x 100)

ޗެކް ބައުންސް މައްސަލައެއްގައި ފުލުހުން ފުވައްމުލަކު މީހަކު ހޯދަނީ

ޗެކް ބައުންސް މައްސަލައެއްގައި ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ މީހެއް

މިހަފުތާގެ އާދީއްތަ ދުވަހު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ފުވައމްުލަކުގެ މީހަކު ހޯދަމުންދާކަން ފޮޓޯއާއި އެއްކޮށް ވަނީ އާއްމުކޮށްފައެވެ ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި ޗެކްބައުންސް މައްސަލައެއްގައި ހޯދަމުން ދަނީ ޏ.ފުވައްމުލައް/ ހޯދަޑު. ސައިމާގެ، އިބްރާހީމް މޫސާ (42އ) އާއްމު ނަމުންނަމަ ބާރީ އެވެ. 

އެބަޔާނުގައި ވާގޮތުން ބާރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައި ވެއެވެ.  އަދި ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ފުލުހުންނަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައި ވެއެވެ.

މިއީ ފުވައްމުލކު ޕޮލިސްސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލއެއްކަމަށް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !