24 ޖުލައި 2017 (ހޯމަ)


އޭއެފްސީ މީޑިއާ ވޯކްޝޮޕްގައި މިކަލް ނޫހުން ބައިވެރިވެއްޖެ

އޭއެފްސީން ކަނޑައަޅާފަިއވާ މީޑިއާގެ ދާއިރާތައް

އޭއެފްސީން ކަނޑައަޅާފަިއވާ މީޑިއާގެ ދާއިރާތައް

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން މިއަދު މާލޭގައި ބޭއްވި މީޑިއާ ވޯކްޝޮޕގައި މިކަލް ނޫހުގެ ފަރާތުން ބައިވެރިވެއެވެ. މި މީޑިއާ ވޯކްޝޮޕަކީ ފުޓުބޯޅަގައި މީޑީއާގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތާއި މީޑިއާއަށް މައުލޫމާތު ހޯދުމުގައި ކަންކުރަންވާ އުސޫލުތަކާއި ދިމާވާ ދަތިތަކާއި އޭއެފްސީން ކަނޑައޅާފައިވާ އުސޫލުތައް މީޑިއާގެ ފަރާތްތަކާއި ކްލަބުތަކަށް ހާމަކޮށްދީ މީޑިއާގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދިޔަ އެއްދުވަހުގެ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ އޭއެފްސީގެ މީޑީއާ ކޮމިއުނިކޭޝަން ހެޑް އެމިލިއާ އެވެ. މިއަދު އެފްއޭއެމް ހައުސްގެ ސެމިނަރ ރޫމުގައި ބޭއްވުނު މިވޯކްޝޮޕްގައި ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާއަކުން ނާއި ބައެއް ކްލަބުތަކުން، ބައިވެރިވެފައިވެއެވެ.

ވޯކްޝޮޕް ފެއްޓުމުގެ ގޮތުން އެފްއޭއެމްގެ ފަރާތުން ވިދާޅުވީ މިއީ އެފްއޭއެމްގެ އައު ރައީސް ބައްސާމުގެ ރައީސްކަމުގެ ކެމްޕޭން ވައުދެއް ކަމުގައިވާ މީޑިއާއި ފުޓުބޯޅަ ބޮޑަށް ގުޅުވައިދިނުމުގެ ގޮތުން ހިންގާ ފުރަތަމަ ހަރަކާތްކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެފްއޭއެމްގެ މައުލޫމާތު މީޑިއާތަކަށް ލިބުމުގައި ދަތިތަކެއް ދިމާވާކަމަށާއި އެފްއޭއެމުން މައުލޫމާތު ހިއްސާ ކުރުމުގައި އެކި މީޑީއާތައް ތަފާތުކުރަމުންދާ ކަމަށް ވެސް ވޯކްޝޮޕްގެ ބައިވެރިން ހާމަކޮށްފައި ވެއެވެ.

މިކަލް ނޫހުގެ ފަރާތުން ފާހަގަކުރީ އަތޮޅުތަކުގެ މީޑީއާތަކަށާއި ކްލަބުތަކައި އެފްއޭއެމްއާއި ވަރަށް ގުޅުން ކުޑަކަމަށާއި، އަތޮޅުތަކުގެ ފަރާތްތަކަށް އެފްއޭއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމުގައި ގިނަގުނަ ދަތިތަކެއް ހުރިކަމަށެވެ. އެގޮތުން އެފްއޭއެމްގެ ވެބްސައިޓްގައި އަޕްޑޭޓް މައުލޫމާތު ލިބެން ނުހުންނަކަން ފާހަގަކުރިއެވެ.

އެފްއޭއެމްއިން ފޭސްބުކް އަދި ޓްވިޓަރގައި ވަރަށް ހަރަކާތްތެރި ކަމަށާއި، އޭއެފްސީން ބާއްވާ އިވެންޓްތަކުގައި އިންތިޒާމުތައް ރަނގަޅު ކަމަށް ގިނަ މީޑިއަތަކުން ފާހަގަކުރިއެވެ. އެފްއޭއެމް އިން މައުލޫމާތުތައް މިހާރު ބޮޑަށް ހިއްސާ ކުރަނީ އެފަރާތުން ގެންގުޅޭ ވައިބަރ ގްރޫޕެއްގައި ކަމަށް ބައެއް މީޑީއާތަކުން ހާމަކުރިއެވެ.


މިއަދުގެ ގެ ވޯކްޝޮޕްގައި އެފްއޭއެމްއާއި އޭއެފްސީން ރަނގަޅު ކުރުމަށް އެދޭ ކަންތައްތަކެއް ލިސްޓުކުރެވި އިތުރު މަޝްވަރާއަށް ހުށަހެޅުމަށް ވަހަކަ ދެކެވުނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!