A wide advertisement which will be shown on all devices. (700 x 100)

މިހާރު ފެތުރިގެން އުޅޭ ހުމާއި ރޯގާ ކޮންޓްރޯލް ނުކުރެވެނީސް ކިޔެވުން ފަށަނީބާ؟

ފުވައމްުލަކު ސްކޫލުގެ ދަރިވަރުން އާ ޔުނިފޯމުގައި. ފޮޓޯ: އެފްއެސް

އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން ބައެއް މީހުން އެކަމާއި ސުވާލުތައް އުފައްދަން ފަށައިފިއެވެ. ރާއްޖޭގައި ސްވައިން ފްލޫގެ ޙާލަތު ބަދަލު ނުވަނީސް ސްކޫލްތަކުގެ ކިޔެވުން ފެށުމަކީ މުޅި މުޖުތަމިއު އިތުރު ނުރައްކަލަކަށް ހުށަހެޅުން ކަމުގައި އެފަދަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކުރަމުން ދެއެވެ.

މިޑް ޓާރމް ބަންދުގެ 3 ދުވަސް ކުރިން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރީ ސްވައިން ފްލު އެލާރޓް ލެވެލް 3 އަށް އެރުމުން ވަރަށް ވަރަށް ކުއްލި ގޮތަކަށެވެ. އަދި ވެސް ސްވައިން ފްލޫ އެލާރޓް ލެވެލް ހެލްތު ޕްރޮޓެކްޝަން އޭޖެންސިން ބަދަލުކޮށްފައެއް ނުވެއެވެ. އަދި ސްވައިން ފްލޫގެ ހާލަތު ބަލަހައްޓަމުންދާ ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއަށް ލަފާދީފައި ވަނީ ކުރިޔަށް އޮތް ހަފުތާގައި ވެސް މާލޭގެ ސްކޫލްތައް ނުހުޅުވުމަށެވެ. ނަމަވެސް ރަށްރަށުގެ ހާލަތު އެޗްޕީއޭއިން ދިރާސާ ކުރުމަށްފަހު އަންނަ ހަފުތާގައި ހުޅުވަން އެކަށިގެންވާ ސްކޫލްތައް މިނިސްޓްރީއަށް އަންގާ ގޮތަށެވެ. އަދި އެކަމާއި ގުޅިގެން އަމަލުކުރަން ވާ ގޮތުގެ ލިސްޓެއް ވެސް މިނިސްޓްރީއަށް ހުށަހެޅުމަށް ނިންމާފައިވެއެވެ.

މިހިނގާ ހަފުތާގެ މެދެއްހާ ހިސާބުން އަޑު ފެތުރިފައި ވަނީ ރާއްޖޭގެ ހުމާއި ރޯގާގެ ހާލަތު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ނިންމުން ކުރިޔަށް ގެނދާ ގޮތަށެވެ. ގޮތަށެވެ. ނަމަވެސް އެޑިއުކޭޝަނުން ހަފުތާ ހަފުތާގެ ފަހުދުވަހުން ސްކޫލްތައް ހުޅުވަން ވަނީ ނިންމާފައެވެ. އެކަމާ ތަފާތު ފާޑުކިޔުންތައް އަންނަނީ ސޯޝލް މީޑިއާގައި ފެތުރެމުންނެވެ.

ސްވައިން ފުލުއާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ވެސް ވަނީ މޭމަހަށް ލަސްކޮށްފައެވެ. އެއީ މަހަކަށްވުރެ ގިނަ ދުވަސް ފަހެވެ. އެކަމަކު ދޮޅު ހަފުތާކޮށްފައި ސްކޫލްތައް ހުޅުވަން ނިންމުމުން އާއްމުންނަށް އެކަން ބަލައިގަންނަން ދަތިވަނީއެވެ. އެއްސަބަބަކީ ބަލީގެ ފަރުވާގެ ގޮތުގައި ބޭނުން ކުރެވުނު އެޗްވަންއެންވަން ވެކްސިން ވެސް ހަށިގައިޑުގެ ދިފާއީ ނިޒާމާއެކު ހަރަކާތްތެރިވުމަށް 2-3 ހަފުތާ ނަގާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ވުމާއެކު އެއަށްވުރެ ކުރިން މިރޯގާގެ ވައިރަސް ހަށިގަނޑަށް ވަނުމުގެ ފުރުސަތު އޮތުމުންނެވެ. ބައްޔަށް ޝައްކުކުރެވިގެން ޑޮކްޓަރަށް ދައްކާމީހުން ބުރާސްފަތި ދުވަހު މަދުވި ނަމަވެސް މުޅި ހާލަތު ބަދަލުނުވާކަން އެނގެނީ މިހަފުތާގެ ކުރީ ކޮޅުވެސް ހުމާއި ރޯގާއަށް ޑޮކްޓަރަށް ދެއްކި މީހުން އެއްދުވަހު ދަށްވެފައި ޖެހިގެން އައި ދުވެހުގެ ހިސާބުތަކުން މާބޮޑުތަން އިތުރުވެގެން ދިއުމުންނެވެ. އަދި ބައްޔާއި ގުޅޭ މައުލޫމާމާތު ތަކަށް ބަލާއިރު މިބަލީގެ އަސަރު 2-3 ހަފުތާއަށް ހުރުމާއި ބަލި ރަނގަޅުވާ ފަހުން ވެސް 1 ހަފުތާގެ މުއްދަތަށް އެބަލީގެ ވައިރަސް އެހެންމީހުން ގަޔަށް ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

ބައެއް މީހުން ސިފަކުރަނީ ސްކޫލްތައް ހުޅުވަން އެޑިއުކޭޝަނުން ނިންމީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އެއީ އަންނަ ހޯމަ ދުވަހު ނެގުމަށް ތާވަލު ކުރެވިފައިވާ މަޖުލީހުގެ ރައީސްގެ ވޯޓާއި ދިމާކޮށް މީހުން މުޒާހަރާ ކުރުމަށް ނިކުތުމަށް މަގުފަހިވެދާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

ތައުލީމީ ދާއިރާގެ ބައެއް ފަރާތްތަކުން ލަފާދީފާއި ވާގޮތުގައި ޚާއްސަކޮށް ކުޑަކުދިން، ޕްރިސްކޫލް ކުދިން އަދި ޕަރައިމަރީ ކުދިން ސްކޫލަށް ފޮނުވުން އަދި ރައްކާތެރި ނޫން ކަމަށެވެ. އޭހެނީ މިހާރު ފެތުރިގެން މިއުޅޭ ހުމާއި ރޯގާގެ ނުރައްކާ ކުޑަކުދިންނަށް ވަކިން ބޮޑުކަމަށް ސިއްޙީ މާހިރުން ލަފާ ދެއްވާފައި ވާތީއެވެ.

ކަން މިހެން ހުރި ކަމުގައި ވިޔަސް ބަލީގެ އަލާމާތް ފުވަމުލަކގައި ކުޑަކަމަށް ބެލެވެއެވެ. ވުމާއެކު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝްނ މިނިސްޓްރީން ނިންމި ނިމްމުން ފުވައްމުލަކުގެ ސްކޫލްތަކަށް އެންމެ ރަނގަޅު ކަމަށް ގިނަބަޔެކު ގަބޫލުކުރެއެވެ. ނަމަވެސް ފުވައްމުލަކު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާިއ ބެލެނިވެރިން ވެސް މިޗުއްޓީގައި މާލެ އާއި އެނޫން ސަރަހައްދުތަކަށް ދަތުރުކޮށްފައި އެނބުރި ރަށަށް އައި ސްކޫލަށް ނިކުތުމުގައި ވިސްނަަން ޖެހެއެވެ. ހުމައި ރޯގާގެ އެއްވެސް އަސަރެއް ހުރި ނަމަ ސްކޫލަށް ނުނިކުތުން ބުއްދިވެރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !