A wide advertisement which will be shown on all devices. (700 x 100)

ޖޯން ކެންޓްލީ ގެ އާ ވީޑިއޯއެއް އައިއެސް އިން ނެރެފި

އައިއެސް އިން ނެރުނު ޖޯން ކެންޓްލީގެ މޫސަލް ތެރެއިން ވީޑިއޯގެ ތެރެއިން

އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ޖޯން ފޮލޭ އާއިއެކު ދައުލަތުލް އިސްލާމިއްޔާ ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހައްޔަރުކުރި އިގިރޭސި ނޫސްވެރިއެއްކަމަށްވާ ޖޯން ކެންޓްލީގެ އާ ވީޑިއޯއެއް އަނެއްކާވެސް އައިއެސްގެ މީޑިއާ އެއް ކަމަށްވާ އަލްހަޔާތުން ނެރެފިއެވެ. މި ވީޑިއޯއަކީ ޖޯން ކެންޓްލީގެ މިހާތަނަށް ނެރުނު ހަތް ވީޑިއޯ ތެރެއިން ރަށުތެރޭގައި ނަގާފައިވާ ދެވަނަ ވީޑިއޯއެވެ.

މި ވީޑިއޯގައި ޢިރާޤުގެ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެއްކަމަށްވާ މޫޞަލް ޚިލާފަތުގެ އަތްދަށަށް އައުމަށްފަހު ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތާއި، ހުޅަނގުގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ތަކާއި ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ.

އިސްލާމީ ޚިލާފަތު އައުމަށްފަހު މޫޞަލްގެ ރައްޔިތުންނަށް ހަމައަށްް ކަރަންޓު ނުލިބޭކަމަށާއި، އުޅެމުން އަންނަނީ ވަރަށް ދަތި ޙާލުގައިކަމަށް ހުޅަނގުގެ މީޑިއާތައް ކަމަށްވާ ގާޑިއަން އިން 27 އޮކްޓޫބަރ ގައި ގެނެސްދިން ރިޕޯރޓާއި، އަދި އަލްއަރަބިއްޔާ ފަދަ އެހެން މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މޫސަލްގެ މަގުތަކުގައި ކާރު ދުއްވަމުން ޖޯން ކެންޓްލީ ބުނެއެވެ. އަދި ބާޒާރަށް ވަދެ ވިޔަފާރި މުޢާމަލާތް ހިންގާ މަންޒަރުވެސް މިވީޑިއޯއިން ފެނިގެން ދެއެވެ.

ބާޒާރު ތެރޭގައި ހިނގާލުމަށްފަހު، ޖޯން ކޭންޓްލީ ދެންދަނީ ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލުގައި ޚާއްޞަ ފަރުވާއަށް ބޭނުންވެފައިވާ ތުއްތުކުދިންގެ ވާޑުގެ ތެރެއިން، ތުއްތުކުދިންގެ ބަޔަށް ވަދެ، އެކުދިން ދައްކާލައެވެ.

މީގެކުރިން ނެރުނު ޖޯން ކެންޓްލީގެ ރިޕޯޓު ނެރުނީ ކޫބާނީގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !