A wide advertisement which will be shown on all devices. (700 x 100)

‘ފެން ފަހި’ ކެމްޕޭން ފަށައިފި

ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ފެނުގެ ދުވަސް 22 މާރޗް

މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީ އިން “ފެންފެހި” ގެ ނަމުގައި ގައުމީ ފެންވަރުގައި ފެނުގެ ވަސީލަތްތަކާއި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މުހިންމު ކަމާއި ގުޅިގެން އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކެމްޕޭނެއް ކުރިޔަށް ގެންދަން ފަށައިފިއެވެ. މިއަހަރު ދުނިޔޭގެ ފެނުގެ ދުވަހުގައި ފެށި މިކެމްޕޭނުގެ ދަށުން 5 ކަމެއް ކުރުމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ މިނސްޓްރީން ވަނީ ކަނޑައަޅާފައެވެ. 

މި ފަސް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ އެހީދޭ ޖަމްއިއްޔާތަކާއި، ގައުމީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ފެނުގެ ވަސީލަތްތަކާއި ނަރުދަމާ ނިޒާމުގެ ކަންތައްތަކާއި ގުޅޭ ގޮތުން ސްކޫލް ކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުވުމައި އާއްމު ރައްޔިތުންގެ މެދުގައި ފެނާއި ނަރުދަމާ ނިޒާމުގެ މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކަން އިތުރު ކުރުމާއި ވިޔަފާރިވެރިންނާއި މުއައްސަސާތަކާއި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކުގެ ބައިވެރިވުން ފެނުގެ ވަސީލަތްތަކާއި ނަރުދަމާ ނިޒާމުތަކަށް ހޯދުމެވެ.

މިކެމްޕޭންގެ އެއްވެސް ހަރަކާތެއް ފުވައްމުލަކާއި ހަމަޔަށް ފޯރިކަމެއް އަދި އެނގޭކަށް ނެތެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓްރީން މިކަހަލަ ތަފާތު ކެމްޕޭންތައް ކުރިޔަށްގެންދެއެވެ. ނަމަވެސް ސުވާލަކީ މިކަމުގެ އަސަރުތައް އެންމެ އެކަށީގެންވާ ގޮތުގައި އާއްމު ރައްޔިތުންނާއި ހަމަޔަށް ކުރަނީ ކިހާވަރަކަށްތޯ ބެލޭ ބާއެވެ؟

އެހީދޭ ފަރާތްތަކުން ފަންޑް ހޯދައިގެން ކަމަކަށް ކަމެއް ކޮށްލަނީ ބާއެވެ؟ މިފަދަ ކެމްޕޭންތަކުގެ ފައިދާ ރައްޔިތުންނަށް ކުރަނީ ކިހާ މިންވަރަކަށް ތޯ އެހީދޭ ފަރާތްކުން ބަލަން ބޭނުންވެއެވެ. ނަމަވެސް އެމައުލޫމާތު އެހީދޭ ފަރާތްތަކާއި ހަމަޔަށް ގެންގޮސް ދެނީ އެކަން ކުރާ ފަރާތްތަކަށް ވުމުން މިކަމުގައި އަސްލު އަސަރު ހާމަނުވެދާނެއެވެ.

މިފަދަ ހަރަކާތްތައްކާއި، އެކަންކަމުން އާއްމު ރައްޔިތުންނަށް އެކަށީގެންވާ ފައިދާތަކެއް ލިބޭތޯ ވިސްނައި ސަމާލުވާން ޖެހެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އަދިވެސް ބުއިމަށް ބޭނުން ކުރަނީ ވާރޭ ފެނަށް ވެފައި އެފެން ނެގޭގޮތާއި، އެފެނުގެ ހާލަތާއި މެދު ސިއްޙީ ފަރާތްތަކުން  ކަންބޮޑު ވުން ފާޅުކުރެއެވެ. އެއީ ބޯން އެކަށީގެން ވާ ފެނެއް ނޫންކަމަށް ވެސް ބުނެއެވެ. ބޯން ބޭނުންކުރާ ވާރޭ ފެނުގެ ސަބަބުން ޖެހޭ ބަލިތައް ރާއްޖޭއިން ވަރަށް ގިނައިން ފެންނަމުންދާ ކަމަށް ވެއެވެ.

ފުވައްމުލަކުގެ ގިނަބަޔަކު މިހާރު ބޯން ބޭނުންކުރާ ކަމަށް ބެލެވެނީ ފުޅީގައި ބަންދުކުރި ފެނެވެ. ނަމަވެސް މިއީ އެހާ ސާބިތުކޮށް އެގެން އޮތްކަމެއް ކަމަށް ނުވަނީ މިކަމާއި ގުޅޭ ސާވޭއެއް ހެދިފައިވާ ކަން އެނގެން ނެތުމުންނެވެ. ފާހަގަ ކުރެވޭ ކަމަކީ ދޭތެރެ ދޭތެރެއިން ފުވައްމުލަކުން ބޯން ބޭނުން ކުރާ ފެން ފިހާރަތަކުން ހުސްވެ ވަޅުފެން ކައްކައިގެން ވެސް ބޯން ޖެހޭ ކަމެވެ. 

ފުވައްމުލަކުގެ ގިނަ މީހުން ބޭން ބޭނުންކުރަނީ ކޮން ކަހަލަ ފެނެއް ހެއްޔެވެ؟

ވަރޭފެންހެއްޔެވެ؟ ފުޅީގައި ބަންދުކުރި ފެން ހެއްޔެވެ؟ ނުވަތަ ވަޅު ފެން ހެއްޔެވެ؟ 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !