A wide advertisement which will be shown on all devices. (700 x 100)

ބައިނަލް އަގުވާމީ އޯޓިޒަމް އެވެއަރނެސް ޑޭ ފުވައްމުލަކުގެ ސްކޫލްތަކުގައި މިއަދު ފާހަގަ ކޮށްފި

މިއަދު ހޭޒްގައި ބޭއްވުނު އޯޓިޒަމް އެވެއަރނެސް ޚާއްސަ އެސެމްބްލީއަށް ފަހު ފައިސަލް ނަސީމު ޓީޗަރުންނާއެކު.

ބައިނަލް އަގުވާމީ “އޯޓިޒަމް އެވެއަރނެސް ޑޭ” މިއަދު ފުވައްމުލަކުގެ ސްކޫލަތަކުގައި ފާހަގަކޮށްފިއެވެ. އެގޮތުން ފުވައްމުލަކުގެ ސްކޫލްތަކުގައި ވަނީ މިކަމަށް ޚާއްސަ އެސެމްބްލީ އެއް ބާއްވާފައެވެ. ހާފިޒު އަޙުމަދު ސްކޫލަުގައި ބޭއްވުނު ޚާއްސަ އެސެމްބްލީގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން މަޖުލިސް މެންބަރު ފައިސަލް ނަސީމު ވަނީ އޯޓިޒަމަށް ހޭލުންތެރި ކުރުވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މެންބަރު ފައިސަލް ނަސީމު ވިދާޅުވީ “ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިފަދަ ކުދިންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ ފުރުސަތުތައް ތަނަވަސްކުރަން އިތުރަށް މަސައްކަތް ކުރަން ޖެހޭ” ކަމަށެވެ.

ފައިސަލް ނަސީމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގެ ‘ސެން’ ޔުނިޓު ގާއިމުކުރުމަށް ވެސް ފައިސަލް ވަނީ ބޮޑެތި އެހީތެރިކަމެއް ވެދެއްވާފައެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ދޭއިނާޔަތަތައް އިތުރުކުރުމަށް ފައިސަލް ނަސީމު ވަނީ މަޖުލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. 

މިވަގުތު މާލެއަތޮޅު ކާށިދޫ ދާއިރާގެ މަޖުލިސް މެންބަރުކަން ކުރެއްވި ކަމުގަިއ ވިޔަސް ފައިސަލް އަކީ އޯޓިޒަމަށް އާއްމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އެދާއިރާއިން ޓީޗަރުން ތަމްރީނުކުރުމަށް ތަފާތު އެހީތަކެއް އަމިއްލަ އިސްނެންގެވުމުގެ މަތިން ކުރައްވަމުން އަންނަ ބޭފުޅެކެވެ. ފައިސަލުގެ އިޖުތިމާއީ ޚިދުމަތްރިކަން ފުވައްމުލަކުގެ ގިނަ ބަޔަކު ފާހަގަކުރެއެވެ. 

ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އަދި މިއަދު ހަވީރު ދިގުވާނޑު ކުޑަކުދިންގެ ޕާކުގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުން ކާއްސަ ހަރަކާތެއް ބާއްވަމުން އެބަގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !