22 ޖޫން 2018 (ހުކުރު)


ޑރ އަބްދުﷲ ރަޝީދު އެވިޑް ކޮލެޖްގެ ވައިސް ރެކްޓާގެ މަގާމަށް އައްޔަންކޮށްފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ޏ.އަތޮޅު ތައުލީމީ މަރުކަޒަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އަބްދުﷲ ރަޝީދު އެވިޑް ކޮލެޖްގެ ވައިސް ރެކްޓާގެ މަގާމަށް އައްޔަންކޮށްފިއެވެ. ޑރ. އަބްދުﷲ ރަޝީދު އެވިޑް ކޮލެޖްގެ ވައިސް ރެކްޓާގެ މަގާމަށް އައްޔަން ކޮށްފައިވަނީ ރޭ އެ ކޮލެޖްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް އެވެ. ވައިސް ރެކްޓަރގެ މަގާމަކީ އެވިޑް ކޮލެޖްގައި މުޅިން އަލަށް ގާއިމް ކުރެވުނު މަގާމެކެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖްގެ ޗެއާމަން މުޝްތާގް ވިދާޅުވީ، ކޮލެޖްއިން އަބަދުވެސް ދެކެން ބޭނުންވަނީ ކޮލެޖް އިތުރަށް ރަނގަޅުވެގެންދާނެ ފަދަ ގާބިލް ބޭފުޅުން ކޮލެޖްގެ ވަޒީފާތަކަށް ނުކުތުން ކަމަށެވެ. އެގޮތުން ވައިސް ރެކްޓަރއެއް ގޮތުގައި ބޭފުޅެއް އައްޔަން ކުރެވިފައިވަނީ ކޮލެޖްގެ ހިންގުން އިތުރަށް ރަނގަޅުކޮށް، ކޮލެޖްގެ ކޮލިޓީ ރަނގަޅު ކުރުމަށް އަދި ކުރިއަށް އޮތްތަނުގައި ކޮލެޖް، ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި ރިސާޗް ސެންޓާރ އެއް ހެދުމަށް މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް ދަރިވަރުންނަށް ފެނިގެންދާނެ ކަމަށާއި، އަދި މެއި މަހުގައި ރިސާޗް ސެންޓަރ ގާއިމް ކުރެވޭނެ ކަމަށާއި އެތަނުގައި ރިސާޗްތަކުގައި އެހީތެރި ވާނެ ޓީމެއްވެސް އޮންނާނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެކޮލެޖް ޔުނިވަސިޓީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރާނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވަނީ ފުވައްމުލަކު ތައުލީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައެވެ. އެގޮތުން 2015 ވަނަ އަހަރާއި ހަމަޔަށް އެސުކޫލްގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައިވެއެވެ. އޭގެ ފަހުން ރާއްޖޭގެ އެންމެ ބޮޑު ސުކޫލްކަމަށްވާ މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލް ކަން ކުރެއްވުމަށްފަހު މައި ކޮލެޖް އަށް ބަދަލުވެ ވަޑައިގަތެވެ. އަބްދުﷲ ރަޝީދުވަނީ ފުވައްމުލަކު ތައުލީމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!