A wide advertisement which will be shown on all devices. (700 x 100)

“ޤާސިމް އިބްރާހީމް އެވޯޑް ފޮ އެކްސެލެންސް” ފުވައްމުލަކު ދަރިވަރަކަށް

"ޤާސިމް އިބްރާހީމް އެވޯޑް ފޮ އެކްސެލެންސް" އެވޯޑް ހޯދި ޙަދީޖާ އަހްމަދު . ފޮޓޯ: ސަން

ވިލާކޮލެޖް އިން ދަސްވެނިވުނު ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށްދޭ ޤާސިމް އިބްރާހީމް އެވޯޑް ފޮ އެކްސެލެންސް” ފުވައްމުލަކު ދަރިވަރަކަށް ލިބިއްޖެއެވެ.

ޤާސިމް އިބްރާހީމް އެވޯޑް ފޮ އެކްސެލެންސް” އެވޯޑް ހޯދާފައިވާ ފުވައްމުލަކު ދަރިވަރަކީ ބެޗްލާރސް އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ކޯސް ފުރިހަމަކުރި ފުވައްމުލަކު ލަގްޒަރީވިލާ ޚަދީޖާ އަހްމަދު އެވެ. މިއެވޯޑް އިތުރުން ހަދީޖާ އަހްމަދު ވަނީ “ބްކް ޕްރައިޒް” އާއި ވިލާ ކްލެޖް މެޑަލް ހާސިލްކޮށްފައެވެ.

ވިލާ ކޮލެޖް އިން ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން 469 ދަރިވަރަކު މިދިޔަ އަހަރު ދަސްވެނިވިފައިވެއެވެ. އެގޮތުން މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ފުވައްމުލަކުގައި ހިންގާ ވިލާ ކޮލެޖް ކެމްޕަސްގައި މިދިޔަ އަހަރު ކިޔަވައި ނިމުނު ދަރިވަރުންވެސް މިދަސްވެނިވުނު ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. ގާސިމް އިބްރާހިމް އެވޯޑް ފޮ އެކްސެލެންސް އެވޯޑް ތަފާތު ކޯސްތަކުން 10 ދަރިވަރަކު ހާސިލް ކުރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !