A wide advertisement which will be shown on all devices. (700 x 100)

ސަރުކާރުގެ އިސް ވެރިންގެ ގޯތި ވިއްކައިގެން ނަމަވެސް ކަރަޕްޝަން ފައިސާ ހޯދާނަން – މަލީހު

ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގެ އިސް ވެރިންގެ ގޯތިތައް ވިއްކައިގެން ނަމަވެސް ކަރަޕްޝަން ފައިސާ ހޯދާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ރޭ ވިދާޅުވެއްޖެ އެވެ. މަލީހު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މަލީހު ވިދާޅުވީ ސަރުކާރުން މިހާރު ހިންގާ މަޝްރޫއުތަކަށް އަސްލު ހޭދަވާނެ އަގު ބެލުމުގެ ގޮތުން ބޭރު ފަރާތްތަކުން އެހީތެރިކަން ހޯދާނެ ކަމަށެވެ. އަދި ސިޔާސީ އެކި ލީޑަރުން ޖަލަށް ލަނީ ގޮތް ހުސްވެގެން ކަމަށާއި ސަރުކާރު ނިމެން މާ ގިނަ ދުވަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ބްރިޖަށް 240 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް ބުނާއިރު، 70 މިލިއަން ޑޮލަރުން ބްރިޖު އެޅޭ ނަމަ، ސަރުކާރުގެ އިސް ވެރިންގެ ގޯތި ވިއްކައިގެން އެ ފައިސާ ހޯދާނަން. އައިޖީއެމްއެޗްގެ އިމާރާތަށް ހަރަދުވަނީ 25 މިލިއަން ޑޮލަރު ކަމަށްވާ ނަމަ، ބާކީ ހަރަދު ކުރާ 110 މިލިއަން ޑޮލަރު ގޯތި ވިއްކައިގެން ވިޔަސް ހޯދާނަން،” ރައީސް ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވި އެވެ.

“ރަސްފަންނު ހެދުމަށް ހަރަދުވަނީ ދެ މިލިއަން ރުފިޔާ ކަމަށްވެ، އެ ތަނަށް 10 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، ބާކީ ހަތް މިލިއަން ރުފިޔާ ހޯދާނީ އެބޭފުޅުންގެ ގޯތިތައް ވިއްކައިގެން.” މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު ވަނީ “ބަނގުރޫޓުވެފަ”އެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ވެސް ލޯނު ނަގައިގެންނާއި ޓީ ބިލު ވިއްކައިގެން ކަމަށް ވެސް ވިދާޅުވި އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !