A wide advertisement which will be shown on all devices. (700 x 100)

މަޓީގެ ބޭފުޅުން ގާސިމަށްޓަކައި ތެދުވަން ޖެހޭ – މަލީހު

ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލަށްލާފައިވާ މަޓީގެ ވައިސް ޗެއާޕާސަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހައްގުގައި މަޓީގެ ބޭފުޅުން ތެދުވަން ޖެހޭ ކަމަށް ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހު މިހެން ވިދާޅުވީ މ.ކުނޫޒުގައި ރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މަޓީގެ ބޭފުޅުން ތެދުވާން އެބަޖެހޭ. މަޓީގެ ބޭފުޅުން ވިދާޅުވާން އެބަޖެހޭ އެ ގުޅުއްވަން ޖެހޭ ފަރާތަކާ ގުޅާފައި އޮނަރަބްލް ގާސިމް އިބްރާހީމަށް އެ ކުރެވެނީ ނުހައްގު އަނިޔާއޭ. އެ އަނިޔާ ނުކުރައްވާށޭ،” ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މަލީހް ވިދާޅުވި އެވެ. 

“ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އެންމެ ފުރަތަމަ ޒިންމާއަކަށް މިވަނީ މި ގައުމުގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށް ލުމާއި ގައުމު ދޫކޮށްފައި ދާ ހިސާބަށް ކަންތައް ގެންދިއުމާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ނުހައްގު އަދަބުތައް ދިނުމާއި ޖަލަށްލުމާއި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާއި މިހެން ގޮސް ރައްޔިތުން ނޭދޭ ހުރިހާ ކަމެއް ކުރަން ޖެހެނީ؟”

މަލީހް ފާހަގަކުރެއްވި ގޮތުގައި ޖަންގަލީގެ އުސޫލަކީ ވެސް އަދި ހައިވާނުންގެ އުސޫލަކީ ވެސް އެއް ގުރޫޕެއްގެ ބަޔަކަށް ހަމަލައެއް އަންނަ ކަމަށް ވަނީ ނަމަ އެންމެން އެކުގައި ދިފާއަށް ނުކުތުމެވެ. އޭނާ އެގޮތަށް މިސާލު ޖެއްސެވީ ގާސިމަކީ ޓޫރިޒަމް ދާއިރާގެ އެންމެ އިސް އެއްބޭފުޅަކަށް ވެފައި، މިއަދު އޭނާގެ މައްޗަށް ދައުވާ އުފުލައި، އަދި ޖަލަށް ލާފައިވާއިރު، ގާސިމްގެ ދިފާއުގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ނުކުންނެވުމަށް ބާރު އެޅުއްވުމަށެވެ.

މަލީހް ވިދާޅުވީ “ސިޑި ގޮޅީގެ ދަށަށް އަޅުގަނޑުމެން ގަތުލުކޮށްފައި ވައްޓާލި” ކަމުގައި ވިޔަސް ހައްގު ބަސް ބުނުމުގައި އިދިކޮޅު ފަރާތްތައް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !