19 ޖޫން 2018 (އަންގާރަ)


ފައިސަލް އާއި ސުވާލުކުރީ ޖޭޕީއަށް މެމްބަރުން ގެންދިއުމާއި ގުޅޭގޮތުން

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރި ޖޭޕީގެ މެމްބަރު ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުންގެ މެމްބަރު ފައިސަލް ނަސީމާއި ސުވާލު ފުލުހުން ސުވާލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރުން ގެންދިއުމަށް މަސައްކަތްކޮށްފައިވޭތޯ ބެލުމަށް ކަމަށެވެ. ފައިސަލް މީޑިއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުން ސުވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރުން ޖުމްހޫރީ ޕާޓީއަށް ގެންދަން މަސައްކަތް ކުރޭތޯ ކަމަށާ، އެ ސުވާލަށް ޖަވާބުދެއްވާފައިވާނެ ކަމަށެވެ.

"ކޮންމެ ޕާޓީއަކިވެސް، އެ ޕާޓީއެއްގެ އާންމު މެންބަރުންވެސް، އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެ ޕާޓީއެއް ކަމަށޭ އަޅުގަނޑު ޤަބޫލުކުރަނީ. ސިޔާސި ޕާޓީއެއް ކަމަށް ވަންޏާ އާންމު މެންބަރުންނާ، އަދި ޕާލިމެންޓޭރިއަނުން އިތުރު ކުރުމަށްޓަކާ މަސައްކަތް ކުރަންޖެހޭނެ. އެއީ، އަޅުގަނޑު ޤަބޫލުކުރާ ގޮތް. އެހެން ނަމަވެސް، ޖުމްހޫރީ ޕާޓީއަށް ވަކިން، ޕާލިމެންޓް މެންބަރުން، ވަކި އަދަދަކަށް ހަމަކުރުމަށްޓަކާ، މަސައްކަތް ކުރާކަމަކަށް އަޅުގަނޑަށް ފެނިފައެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން ޤާސިމް އިބްރާހިމް ރައްޔިތުންނަށް ވެދެއްވާ އެހީތަކާއި، ވިލާ ފައުންޑޭޝަނުން ވެދޭ އެހީތަކާއި ގުޅޭ ގޮތުން ފުލުހުން ސުވާލުކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ސުވާލުގެ ޖަވާބުގައި،އެއީ ފައިސަލް ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ނޫން ކަމަށާ، ފައިސަލްއަށް އެނގިލައްވަނީ އެބޭފުޅާ ކުރައްވާ ކަންކަން ކަމަށް ދެންނެވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ވެސް ފައިސަލްއާއި ސުވާލު ކުރި ކަމަށާ، އޭގެ ޖަވާބުގައި އެފަދަ ނުފޫޒެއް ނެތް ކަމަށާ، ޖުމްހޫރީ ޕާޓީ އަކީ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާ ޕާޓީއެއް ކަމަށް ދަންނަވާފައިވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.ފައިސަލް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ވަކި އަދަދަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަކުރަން މަސައްކަތް ކުރާ ކަމަށް ތުޙުމަތު ކުރާއިރު، ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ގެންގޮސްފައިވާ މެންބަރުން އެގޮތަސް އަމަލުކުރެއްވީ ކީއްވެތޯ އާއީ ކޮން ނުފޫޒެއްގެ ދަށުންތޯ އެ މެންބަރުންނާ ސުވާލު ނުކުރަނީ ކީއްވެތޯ ސުވާލު އުފެއްދެވި ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!