A wide advertisement which will be shown on all devices. (700 x 100)

އުތުރު ދާއިރާގެ ޖޭޕީ ކެންޑިޑޭޓް ބާބާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައިފި

ފުވައްމުލަކު އުުތުރު ދާއިރާއަށް ޖޭޕީއިން ކުރިމަތިލާ ކެންޑިޑޭޓް ހަސަން އަތީގް (މެދުގައި)، ފޮޓޯ: ފޭސްބުކް، ހަސަން އަތީގް

ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑޭޓް ހަސަން އަތީގް (ބާބާ) ޕީޕީއެމް ކެންޑިޑޭޓް ހަމަދު އަބްދުﷲ އަށް ތާއީދު ކުރުމަށް ނިންމައިފިއެވެ. “އެއްލާގެން އޭކަހަލަ ނިންމުމަށް ނިންމުމެއް” ޝިއާރު ގެ ދަށުން ގިނަ ފޭސްބުކް ސްޓަޓަސް ތަކެއް ފާއިތުވީ ދެތިން ދުވަހު ކުރުމަށްފަހު ބާބާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމުމަށްފަހު ވަގުތު ނޫހަށް ވިދާޅުވީ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމީ ހަމަދު ލޯކަލް ކައުންސިލު ހުވާކުރާތަން ހުވަފެނުން ފެނިގެން ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ފުވައްމުލަކަށް ކުރި ޒިޔާރަތުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ނަމަވެސް ޖޭޕީން އޭނާ އެކަހެރިކޮށްލައްވާ ކެމްޕެއިންކޮށްދިނީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށާއި އަދި އޭނާގެ ކެމްޕެއިންއަށް ޖޭޕީން ދިނީ އެންމެ 5000 ރުފިޔާ ކަމަށްވެސް ބާބާ އާއި ހަވާލާދީ ވަގުތު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ބާބާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމި ނަމަވެސް، ވޯޓް ކަރުދާސްކޮޅުގައި އޭނާގެ ނަން އޮންނާނެކަމަށް ހަސަން އަތީގް ވަނީ ކުރިން ހާމަކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !