ލޯކަލް ކައުންސިލް އިންތިޚާބް 2017: ވޯޓްލުން ފެށިގެން ކުރިއަށް
ލޯކަލް ކައުންސިލް އިންތިޚާބުގެ ފުވައްމުލަކު ސިޓީގެ ވޯޓްލުމުން ފެށިގެން ކުރިއަށް އެބަދެއެވެ. މިއަދު 8:30 ގައި ފެށިގެން ވޯޓްލުން ކުރިއަށްދާއިރު ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓްލުމަށް ފުވައްމުލަކުގައި 10 ވޯޓް ފޮށި ބެހެއްޓިފައިވެއެވެ. މިސްކިތްމަގާއި ދޫޑިގަމް ރައްޔިތުން ވޯޓް ލުމަށް ކޮންމެ އަވަށެއްގައި 2 ވޯޓް ފޮށި ބެހެއްޓިފައިވާއިރު އެހެން ކޮންމެ އަވަށެއްގެ ރައްޔިތުންގެ ވޯޓް ލުމަށް 1 ވޯޓް ފޮށި ބެހެއްޓިފައިވެއެވެ.
އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅުއްވާ ރައްޔިތުން ވޯޓްލުމަށް 3 ވޯޓްފޮށި ބެހެއްޓިފައިވެއެވެ. މިތިން ވޯޓް ފޮށިވެސް ބެހެއްޓިފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން އަރަބިއްޔާ ސްކޫލުގައެވެ.
ކިޔުންތެރިންގެ ޚިޔާލު
މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!