A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބު: މަސީހު އިސްތިއުފާދޭން ޖެހޭބާ!

ލޯކަލް ކައުންސިލް އިންތިޚާބު ނިމި ވޯޓުލާ މަރުކަޒުތަކުން ވޯޓުގުނާ ނިމުމާއިއެކު އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެންދާ އެކަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. އެމަނިކުފާނުގެ އިސްތިއުފާއަށް ސޯޝަލް މީޑިއާގައި ގޮވާލި ބަޔަކުވެސް އުޅެއެވެ. 

“ފުވައްމުލަކު ދެކުނު ދާއިރާގެ ނަތީޖާއިން މަޖިލީހުގެ ރައީސް، މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެ ދުރަށް ވަޑައިގަންނަވާ” މަސީހު އާއިއެކު 2018 ވަނަ އަހަރު ރިއާސީ ކެމްޕޭން ޕީޕީއެމްއަށް ކާމިޔާބުކޮށް ދިނުމަށް ކެމްޕޭން ކުރެއްވި ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. 

ޖަމީލުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތުވެސް މިމޭރުމުން ޓްވީޓް ކުރެއްވިއެވެ. ފުވައްމުލަކު ދެކުނު ދާއިރާ ވެސް ދިވެހި ރައްޔިތުން ވެސް ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލިސް ރިއާސަތުން އިސްތިއުފާ ދެއްވުމަށް ގޮވާލަން” އަމީތު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. 

2019 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ވެސް ފުވައްމުލަކު ދެކުނު ދާއިރާއިން އެއަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ހަމައަކަށް އެޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފައިސަލް ނަސީމާއި ހަވާލާދީ މިހާރުނޫހުން ރިޕޯޓްކުރެއެވެ.

މަސީހަށް ފާޑުކިއުން އަމާޒުވެފައިވާއިރު އިތުރު ވާހަކަތަކެއްވެސް ދެކެވެއެވެ. ނަތީޖާ އޮޅުވާލަން ނުވަތަ ބާތިލްކޮށް އަލުން ވޯޓް ނަގަން މަސައްކަތްކުރާ ކަަމަށް ޝައްކުރާ ފަރާތްތައްވެސް މަދެއްނޫނެވެ. އެގޮތުން، ޝައްކުގެ ނަޒަރުން ބަލާފަރާތްތައް އެންމެ ބޮޑަށް ލޯއަމާޒުވާ އެއްދާއިރާއަކީ ފުވައްމުލަކު ދެކުނު ދާއިރާއެވެ. އެދާއިރާއަކީ މަޖިލީހުގެ ރައީސް ތަމްސީލުކުރައްވާ ދާއިރާއަށްވެފައި އެދާއިރާގެ ކެމްޕޭނުގައި މަސީހު ބުރަކޮށް ހަރަކާތްތެރިވި ނަމަވެސް، ޕީޕީއެމް ކެންޑިޑޭޓް ނުހޮވުމަކީ މަސީހަށް ލިބުނު ނާކާމިޔާބެއްކަމަށް ދެކޭ ފަރާތްތަކުން މިދާއިރާގެ ވޯޓް ބާތިލް ކޮށްފާނެ ކަމަށް ނުވަތަ ވޯޓް އޮޅުވާލާނެ ކަމަށް ޝައްކުކުރަމުންދެއެެވެ. 

“ދެކުނު ދާއިރާގެ ވޯޓް ބާތިލްކުރުމަށް ޕީޕީއެމް އިން މަސައްކަތް ކުރަމުން އެބަދޭ” ނަންހާމަކުރަން ބޭނުންނޫން އެމްޑީޕީއަށް ސަޕޯޓްކުރާ ދެކުނު ދާއިރާގެ ފަރާތްތަކުން ހާމަކުރިއެވެ. މިޝައްކަށް އިތުރު ބާރެއް ލިބެނީ ނަތީޖާ އިއުލާން ކުރުން ލަސްކުރަމުން ގެންދިއުމެވެ.

ނަމަވެސް، ލޯކަލް ކައުންސިލް ނަތީޖާއަކީ ރިއާސީ އިންތިޚާބާއި މުޅިން ތަފާތު އިންތިޚާބަކަށް ވުމާއި ލޯކަލް ކައުންސިލް އިދިކޮޅަށް ލިބުނު ނަމަވެސް، ސަރުކާރަށް މާބޮޑު ޕްރެޝަރެއް އަންނާނެކަމަށް ނުބެލެވެއެވެ. އެހެނީ، މިހާރުގެ ގާނޫނޫ އޮތްގޮތުން ލޯކަލް ކައުންސިލްތަކަށް ލިބިފައިވާ ބާރުވަނީ ވަރަށްބޮޑަށް ހަނިވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !