A wide advertisement which will be shown on all devices. (700 x 100)

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމުން ހިސްޓޯ އިސްތިއުފާދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް މަގާމުގައި ހުންނެވި އެކޮމިޝަނުގެ މެމްބަރު ޝިފާގް މުފީދު (ހިސްޓޯ) އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.  

ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތާއި މެދު ހިތްހަމަ ނުޖެހުން މީގ ކުރިން ފާޅުކުރައްވާފައިވާ ހިސްޓޯ އެކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކޮށްފައި ވަނީ އޯގަސްޓް 2015 ގަ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދިނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ހިސްޓޯ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ އިއްޔެ ދިން އިރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިސްޓޯ ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ ސިޓީ ކައުންސިލްގެ ގޮޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ. 

ފަހަކަށް އައިސް ހިސްޓޯ ފާހަގަވެގެން ދަނީ ފުވައްމުލަކު ބަހުން ޅެންހެދުމާއި ފުވައްމުލަކު ބަސް ދިރިވުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައެވެ. އެގޮތުން، ތަފާތު ޅެން ސޯޝަލް މީޑިއާގައި ޝާއިއުކުރުމުގެ އިތުރުން، ފުވައްމުލަކު ބަސް ދިރުވާ އާލާ ކުރުމަށްވެސް ތަފާތު މަސައްކަތްތަކެއް ކުރަމުންދެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !