22 ޖޫން 2018 (ހުކުރު)


ފުވައްމުލަކު މެމްބަރުންނަށް ބައިވެރިވެވުނީ މިދައުރުގެ 13 ޖަލްސާގައި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުނިމި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައިރު އެމަޖިލީހުގެ ފުވައްމުލައް ތަމްސީލުކުރައްވާ 3 ބޭފުޅުންނަށްވެސް ބައިވެރިވެވިފައިވަނީ މިދައުރުގައި ބޭއްވުނު 14 ޖަލްސާގެ ތެރެއިން 13 ޖަލްސާގައެވެ. ނަމަވެސް، އެމަޖިލީހުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުގެ ސަބަބުން ބައިވެރިވެވަޑައި ނުގަނެވުނު ޖަލްސާގައިވެސް ހިމެނިފައިވަނީ ހާޒިރުވި ޖަލްސާއެއްގެ ގޮތުގައެވެ. އެހެންކަމުން، މަސީހު ހިމެނިފައިވަނީ މިދިޔަ ދައުރުގައި ހުރިހާ ޖަލްސާއެއްގައި ބައިވެރިވި 35 މެމްބަރުންގެ ތެރޭގައެވެ. 

މަސީހުގެ އިތުރުން ފުވައްމުލައް ތަމްސީލު ކުރައްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހާޒިރުވެފައިވަނީ 13 ޖަލްސާއަށެވެ. އަދި 1 ޖަލްސާއަށް ސަލާމް ބުނެފައިވެއެވެ. މިދެބޭފުޅުންވެސް ބައިވެރިވެފައިނުވަނީ ފެބްރުއަރީ މަހު 20 ވަނަ ދުވަހު އޮތް ޖަލްސާގައެވެ. މިދެބޭފުޅުންގެ އިތުރުން މަސީހުވެސް އެދުވަހު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.

ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގަތީ އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. ސިޔާމު 7 ޖަލްސާއަކަށް ހާޒިރުވެވަޑައިނުގަންނަވައެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!