22 ޖޫން 2018 (ހުކުރު)


ވެމްކޯ ފުވައްމުލަކު އޮފީހުން ކުނި އުކާލުމަށް ރަޖިސްޓްރީ ކުރަން ފަށައިފި

ވެމްކޯއިން ކުނި އުކާލުމަށް ބޭނުންކުރާ ވެހިކަލެއް. ފޮޓޯ: ވެމްކޯ

ވެމްކޯއިން ކުނި އުކާލުމަށް ބޭނުންކުރާ ވެހިކަލެއް. ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފުވައްމުލަކު އޮފީހުން ފުވައްމުލަކު ގޭބިސީ ތަކުން އުފެދޭ ކުނި ނެގުމުގެ ޚިތުމަތަށް ރަޖިސްޓްރީ ކުރުމަށް މިއަދު ހުޅުވާލައިފިއެވެ.

ވެމްކޯ އިން މިއަދު ވިދާޅުވީ ފުވައްމުލަކު ސޮޓީގައި ވޭސްޓް ކަލެކްޝަން ސަރވިސް ނުވަޔަ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް މިއަދު ފުވައްމުލަކު އޮފީހުގައި ހުޅުވާލާފައިވާ ކަމަށެވެ. އަދި މިޚިދުމަތް ކުރިމަގުގައި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"ފުވއްމުލަކު ސިޓީގައި މިޚިދުމަތް ތަޢާރަފް ކުރެވިގެން ދާއިރު، ހަފުތާއަކު ތިން ދުވަހު ރެޖިސް ޓާވަމުން ދާ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި، މިޚިދުމަތުގެ އަގު ކަނޑައެޅިފައިވަނީ ކޮން މެ ގޭބިސީއަކުން ކުނި ނެގުމަށް މަހަކު 100 ރުފިޔާގެ ރޭޓުން"ވެމްކޯ އިން ވިދާޅުވިއެވެ.

ވެމްކޯ އިން އިތުރަށް ވިދާޅުވީ ހިދުމަތުގެ އަގު އަދި ހިދުމަތްދޭނެ ދުވަސް ތައް ކަނޑައަޅާފައިވަނީ ވެމްކޯ އިން 14-16 ފެބްރުއަރީ 2017 އަށް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެން ދިޔަ މާކެޓް ސަރވޭއިން ލިބުނު މައުލޫމާތުގެ އަލީގައިކަމަށެވެ. އަދި މި ހިދުމަތް ފުވައްމުލަކު ސިޓީގައި ގައި ފޯރުކޮށްދޭނީ ކުނި ނެގުމަށް ހާއްސަ ކުރެވިފައިވާ ކޮމެޕެކްޓަރ ޓްރަކް ބޭނުންކޮށްގެންކަމަށެވެ.

ޚިދުމަތަށް އެދި ރަޖިސް ޓަރ ކުރެއް ވުމަށް، ވެމްކޯ ފުވައ މުލަކު އޮފީހަށް ދުރުވެ ނުވަތަ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވެއެވެ. ވެމްކޯގެ އީމެއިލް އެޑްރެހަކީ [email protected] ރެޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނީ މިކޯޕަރޭޝަން ގެ ފުވައްމުލަކު އޮފީސް ، ޏ. ފުވައްމުލަކު ފުނާޑު ، "ރަމީޒް " (ކުރީގެ ޝާދީ ބަގީޗާ) ހުސްނުހީނާ މަގު، އިންނާއި އަދި ވެމްކޯގެ ވެބް ސައިޓުން ލިބިވަޑައިގަން ނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއ ދެވުމަށް 9780492 9704793, އަށް ގުޅުއްވުމުން ލިބޭނެ ކަމަށްވެސް ވެމްކޯ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!