18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ފައިސަލް ފައުންޑޭޝަނުން އޭއީސީ އަށް މީގެ ކުރިން ހަދިޔާކުރި އެހީގެ ޗެކު އޭރުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދާއި ހަވާލުކުރަނީ ފޮޓޯ:ފައިސަލް ނަސީމްގެ ފޭސްބުކް ޕޭޖް

އަބްދުﷲ ރަޝީދު އޭއީސީ އަށް ކޮށްދެއްވި ޚިދުމަތް ގިނަ ބަޔަކު ޝުކުރުވެރި ކަމާއިއެކު ފާހަގަކުރޭ

ފުވައްމުލަކުގައި އުފެދުނު އެންމެ ކާމިޔާބު އެއް ޕްރިންސިޕަލް ކަމަށްވާ އަބްދުﷲ ރަޝީދުއަހްމަދު ޏ.އަތޮޅު ތައުލީމީ މަރުކަޒަށް ވެދެއްވި ޚިދުމަތްތައް ފާހަގަކޮށް ގިނަ ބަޔަކު އެކަމަށް ޝުކުރުވެރިވަމުން އެބަދެއެވެ. އެގޮތުން، އިޖްުތިމާއީ ގޮތުން ފުވައްމުލަކަށާއި ޏ.އޭއީސީ އަށް އެހީވެދެއްވާ ފައިސަލް ފައުންޑޭޝަންގެ ބާނީ ފައިސަލް ނަސީމުވެސް ހިމެނެއެވެ.

އަބްދުﷲ ރަޝީދުގެ ޚިދުމަތް ފާހަގަ ކުރުމުން ފައިސަލް ނަސީމު އޭނާގެ ފޭސްބުކު ޕޭޖުގައި ފާހަގަކޮށްފައިވަނީ “ފުވައްމުލަކަށް ޚިދުމަތް ކުރުމުގައި އަބްދުﷲ ރަޝީދު ހޭދަކުރެއްވި ދުވަސްތަކުގައި އެކަމަށް ދެއްވި ޚާއްސަ އަހަމިއްޔަތާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވާ” ކަމަށެވެ.

އަބްދުﷲ ރަޝީދާއި އެކު އޭއީސީ ގައި ވަޒީފާ އަދާކުރި ޓީޗަރެއް ކަމަށްވާ ރާކޭޝް ފާހަގަ ކޮށްފައިވަނީ އަބްދުﷲ ރަޝީދާއި އެކު މަސައްކަތް ކުރުމުގެ ފަޚުރު ގެއްލިއްޖެ ކަމަށެވެ. އަދި އަބްދުﷲ ރަޝީދު އޭއީސީ އަށް ކޮށްދެއްވި ޚިދުމަތްތައް އިގިރޭސި އަކުރުގެ 26 އަކުރު ބޭނުން ކޮށްގެން ބުނެ ނުދެވޭނެ ކަމަށެވެ.

ވިލާ ކޮލެޖްގެ ފުވައްމުލަކު ކެމްޕަސްގައި ތައުލީމު ހާސިލު ކުރަމުން ދާ ސައުސަން އޭނާގެ ފޭސްބުކް ޕޭޖްގައި ޖެނުއަރީ 7 ވަނަ ދުވަހު ފާހަގަކޮށްފައިވަނީ “ލިބުނު ކުއްލި ޚަބަރަކުން ހިތްހުއްޓުނު ކަހަލަ. އެންމެ ލޯބިވީ މިސް އާއި ސަރ އަފުންނާއި ވަކިވެގެން އެބައެންނަ ޖެހުން ޚަބަރޮ. ކިޔެވުން މައްތެން ފޫހިވީ ކަހަލަ… ކުރިހާ އެންނަ ދިން ހިތްވަރޮ ތެއް މައްތެން ވވވ މިސް ވެންނެން”

މީގެ އިތުރުން ފުވައްމުލަކު ގިނަ ފަރާތްތަކުން ދަނީ އަބްދުﷲ ރަޝީދުކޮށް ދެއްވި މަސައްކަތަށް ޝުކުރުވެރިކަމުގެ ޝުއޫރު ފާޅު ކުރަމުންނެވެ. އަބްދުﷲ ރަޝީދު ވަނީ 2006 ވަނަ އަހަރު ޑިސެމްބަރ މަހުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އޭއީސީގެ ޕްރިސިޕަލެއްގެ ގޮތުން މަސައްކަތް ކޮށް އޭއީސީ އަށް ރަން ވަނަ ތަކެއް ހޯއްދަވައި ދެއްވާފައެވެ. އެގޮތުން، އޯލެވެލް އާއި އޭލެވެލް އިން ރަން ވަނަ ތަކެއް ހޯދައި ދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ޚާއްސަކޮށް އެތުލެޓިކްސް އިން ވެސް ރަން ވަނަ ތަކެއް ހޯއްދަވައި ދެއްވާފައެވެ.

ޔުނިވަރސިޓީ އޮފް ނޮޓިނަމް އިން މާސްޓަރސް ޑީގްރީ އެޑިއުކޭޝަނަލް ލީޑާރޝިޕްގެ ދާއިރާއިން 2009 ވަނަ އަހަރު ފުރިހަމަ ކޮށްފައިވާ އަބްދުﷲ ރަޝީދަކީ ފުވައްމުލަކުގައި އުފެދުނު އެއްމެ ކާމިޔާބު ޕްރިންސިޕަލެވެ. އަދި އަބްދުﷲ ރަޝީދު މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ. މީގެ އަހަރުތަކެއް ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ހޮވިި އަހަރުގެ އެންމެ މޮޅު ޕްރިންސިޕަލްގެ މަގާމްވެސް ހާސިލް ކޮށްފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު