A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައިފި

ރައީސުލް ޖުމްހޫރިއްޔާ މިއަދު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައިފި.

ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ މިއަދު ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މިއާއެކު ކުރިން ފުވައްމުލަކުގައި އޮތް 9 ކައުންސިލް އިދާރާ ވަނީ އުވާލައްވާފައެވެ.

ފުވައްމުލަކުގައި ސިޓީ ކައުންސިލެއް ގާއިމުކުރުމާއި ގުޅިގެން ކުރީގެ ކައުންސިލް އިދާރާތައް އުވުމާއިއެކު، ދެން ފުވައްމުލަކުގައި އިދާރީގޮތުން ހުންނާނީ “ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ” އެކަންޏެވެ. ނަމަވެސް މިއާއެކު ފުވައްމުލަކުގެ 8 އަވަށުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން އަވަށު އޮފީސް ތަކެއް އުފެއްދުމުގެ އިޚުތިޔާރު ސިޓި ކައުންސިލަށް ލިބިގެން ވާ ކަމަށް ލާމަރުކަޒީ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އަންހެނުންގެ ކޮމެޓިއެއް ވެސް އުފައްދަން ޖެހެއެވެ. އަދި މިކޮމެޓީގެ މެންބަރުންގެ އަދަދު ގަވާއިދެއްގެ ދަށުން ކަނޑައަޅަން ޖެހެއެވެ.

މިއަދު ރައީސުލް ޖުމްހޫރިއްޔާ އުފެއްދި “ފުވައްމުލަކު ކައުންސިލް ގެ އިދާރާ” އަދި ކުރިން އުފައްދާފައިވާ “ފުވައްމުލަކު ކައުންސިލް” ގެ ނަމަށް ބައެއް ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އަންނަނީ ހާމަކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި “ފުވައްމުލައް ސިޓީ ކައުންސިލް” މާ ފުރިހަމައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !