A wide advertisement which will be shown on all devices. (700 x 100)

ވިލާ އެއަރ-ފްލައިމީ ގެ ދަތުރުތައް އަލުން ފުވައްމުލަކަށް ފަށަނީ

ފްލައިމީގެ ދަތުރުތަކަށް ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ.

ކުރިޔަށް އޮތް ސްކޫލް ބަންދާއި ދިމާކޮށް ފުވައްމުލަކާއި އައްޑުއަށް ވިލާ އެއަރގެ ފްލައިމީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގެ ޚަބަރުތައް ލިބެއެވެ. އެގޮތުން ކުރިޔަތް އޮތް ފިތުރު އީދާއި އަޟުހާ އީދާއި ދިމާކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވެއެވެ.

ވިލާ އެއަރގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި މިފަހަރު އަލުން ޚާއްސަ ދަތުރުތަކެއްގެ ގޮތުގައި އީދު ބަންދާއި ދިމާކޮށް ދަތުރުތައް ބޭއްވި ކަމުގައި ވިޔަސް، ކުރިޔަށް އޮތްތަނުގައި ޝެޑިއުލް ދަތުރުތައް ފެށުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް ވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވިލާ އެއަރގެ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، “ވިލާ އެއަރ އިން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ހެޔޮއަގެއްގައި ޚިދުމަތް ފޯރުކޮށް ދޭން. އައްޑުއާއި ފުވައްމުލަކުގެ ދަތުރުތައް ފަށާއިރު ކުރިއެކޭ އެއްގޮތަށް އެހެން އެއަރލައިންތަކަށްވުރެ ޓިކެޓުގެ އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން ދެން” ވިލާ އެއަރ އިން ހާމަކޮށްފައި ވެއެވެ.

ވިލާ އެއަރގެ އުދުހުންތައް އައްޑުއާއި ފުވައްމުލަކަށް ފެށުމަށް ތައްޔަރުވަމުން އަންނައިރު ފުވައްމުލަކާއި އައްޑުއިން ވެސް އެ އެއަރލައިނުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.

ދާދި ފަހުން ވިލާ އެއަރ އަށް ވަނީ 52 ސީޓުގެ އައު ބޯޓެއް ވެސް ގެނެސްފައެވެ. މީޑިއާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ފްލައިމީ ގެ ދަތުރުތައް އަލުން ފަށާއިރު ވެސް ކުރިން ދެމުން އައި ޚައްސަ ފެއަރގެ އަގުގައި ފުވައްމުލަކަށް ކޮޅަކަށް 999 ރުފިޔާއަށް ޓިކެޓު ލިބޭނެ ކަމަށް ވެއެވެ. އަދި ދަތުރުތައް މި ޖޫން މަހު 15ގައި ފަށާނެ ކަމަށް ވެއެވެ.

ކުރިންވެސް ފްލައިމީގެ ދަތުރުތައް ފުވައްމުލަކަށް ފެށުމުން އާއްމުގެ ގިނަބައެއްގެ ތަރުހީބު ލިބިގެން ދިޔަކަން ފާހަގަކުރެވެއެވެ. ފުވައްމުލަކަށް ދެން ދަތުރު ކުރާ މޯލްޑިވިއަން އާއި އަޅާކިޔާއިރު ފްލައިމީގެ ޚިދުމަތްތައް ރަނގަޅުވެފައި ގިނަ މީހުން ބަލައިގަތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !