A wide advertisement which will be shown on all devices. (700 x 100)

“ގަތަރު އެކަހެރިކޮށްލުން ހަރާމް – އިންޓަރނެޝަނަލް ޔުނިއަން އޮފް މުސްލިމް ސްކޯލަރސް

ޑރ. އަހުމަދު އަލް-ރައިސޫނީ މުސްލިމު އިލްމުވެރިންނަށް މިއަދު ގޮވައިލެއްވީ ގަތަރު އެކަހެރިކޮށްލުމާއި ދެކޮޅަށް ތެދުވުމަށް.

ގަތަރާއި މެދު މުސްލިމު ބައެއް ގައުމުތަކުން އަޅާފައިވާ އެކަހެރި ކުރުމުގެ ފިޔަވަޅު ބަލައި ނުގަތުމަށް، ބައިނަލް އަގުވާމީ މުސްލިމުންގެ އިލްމުވެރިންގެ ގުޅުމުގެ ދެވަނައަށް އެންމެ މަތީ ވެރިޔާ ޑރ. އަހުމަދު އަލް-ރައިސޫނީ މިއަދު މުސްލިމު އިލްމުވެރިންނަށް ގޮވައިލައްވައިފިއެވެ.

ގަތަރާއި މެދު އަޅާފައިވާ އެކަހެރި ކުރުމުގެ ފިޔަވަޅުގެ ސަބަބުން، ގަތަރަށް ކުރިމަތިވެދާނޭ ބޮޑެތި ގެއްލުމާއިއެކު މުޅި މުސްލިމު އުއްމަތަށް ވެސް ގެއްލުންދެނިވި ކަންތައްތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އަލް ރައިސޫނީ ވިދާޅުވެފައި ވެއެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުންނާއި ޢަދާވާތްތެރިންނަށް ފަސޭހަކަމާއެކު މުސްލިމުން ބަލިކޮށްލުމަށް ދޮރު ހުޅުވާލެވޭނެ މަގެއް ކަމަށް ހާމަކުރައްވާފައި ވެއެވެ.

“މުސްލިމު އިލްމުވެރިންނާއި އުނގެނިގެން ތިބި ފަރާތްތަކަށާއި ލިޔުންތެރިންނަށް އަދި މުސްލިމު އުއްމަތް ދެކެ ލޯބިވާ ފަރާތަކަށް އަޅުގަނޑުމެން މިގޮވާލަނީ ގަތަރު އެކަހެރި ކޮށްލުމަށް އަޅާފާއިވާ ފިޔަވާޅާއި ދެކޮޅުހެދުމަށާއި އަދި އެކަން ނިމުމަކަށް ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް، ކުރިމަތިވެދާނޭ ނުރައްކަލަކުން ގަތަރު ސަލާމަތް ކުރުމަށެވެ”، އަލް-ރައިސޫނީ އާއި ހަވާލާދީ މިޑްލްއީސްޓް މޮނިޓަރ ނޫހުގައި ވެއެވެ.

މިގޮތަށް ވަކިބަޔަކު ބާކީކޮށް، އެކަހެރި ކޮށްލުމަކީ “ހަރާމް” ކަމެއް ކަން ހާމަކޮށްދިނުމުގެ ޒިންމާ މުސްލިމު އިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން ކަމަށް އިސް ޝައިޚު ވިދާޅުވިއެވެ. އެއްވެސް ބަޔަކު ބާކީކޮށް ދަތިކުރުމަކީ އިސްލާމް ދީނުގައި އޮތްގޮތެއް ނޫން ކަމަށް ޝައިޚު ވިދާޅުވިއެވެ.

ޚާއްސަކޮށް އަލްޖަޒީރާ ނޫސް އެޖެންސީ އަސް އިޝާރާތް ކުރައްވައި ޝައިޚު ވިދާޅުވެފައި ވަނީ އެއީ މުސްލިމު އުއްމަތުގެ ދިފާއުގައި މަސައްކަތް ކުރާ ނޫސް އެޖެންސީއެއް ކަމަށާއި، ފަލަސްތީނާއި، އިރާގު ސީރިއާ، ލެބަނަން އަދި އެހެން ގައުމުތަކުގެ ސުންނީ މުސްލިމުގެ ގައިން އޮހޮރެމުންދާ ލޭގެ ހައްގުގައި އަދި އެމީހުންގެ ޢިއްޒަތާއި ގަދަރު ހިފެހެއްޓުމަށް ޓަކައި އެހެން އެއްވެސް ނޫސް އެޖެންސީ އަކުން ނުކުރާ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއްކަމަށް ހާމަކުރައްވާފައި ވެއެވެ.

މިއީ ސައުދި އަރަބިއާއި އިސްވެ އޮވެގެން ބަހުރައިނި، މިސްރު، އޫއޭއީ، ދިވެހިރާއްޖެ، މޮރިޓެނިއާ އަދި ޔަމަންން މިއދި ހޯމަ ދުވަހުން ފެށިގެން ގަތަރާއި އޮތް ގުޅުން ކަޑާލުމަށް ނިންމާފައި ވާތީ މުސްލިމު އުންމަތުގެ ކަންބޮޑުވުން ހާމަކުރެއްވުމަށް ނެރެފައިވާ ފަތުވާއެކެވެ.

ގަތަރާއި ބައެއް ގައުމުތަކުން ގުޅުން ކަނޑާލިޔަސް ގަތަރާއެކު ގުޅުން ދަމަހައްޓާނެކަމަށް މުސްލިމު ގައުމުތަކެއް ކަމަށްވާ ތުރުކީއާއި ޕާކިސްތާން ފަދަ ބައެއް ގައުމުތަކުން އަންނަނީ ހާމަކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !