20 ސެޕްޓެމްބަރ 2019 ( ހުކުރު )

ފަހިއަލި ޕްރޮގްރާމްގެ ދަށުން މިއަދު ފުނާޑު ކައުންސިލުން ހޮޅިބުރި ދޫކުރަނީ. ފޮޓޯ:ފުނާޑް ކައުންސިލް ފޭސްބުކް ޕޭޖް

ފަހިއަލި ޕްރޮގްރާމް ގެ ދަށުން ލެޑް ހޮޅިބުރި ދޫކުރަން ފަށައިފި

ފަހިއަލި ޕްރޮގްރާމްގެ ދަށުން ދޫކުރަންދާ ލެޑް ހޮޅިބުރިތައް ފުވައްމުލަކު ފަސް ކައުންސިލަކުން، އެ ކައުންސިލް ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް ދޫކުރަން ފަށައިފިއެވެ. ލެޑް ހޮޅިބުރިތައް ދޫކުރަން މިހާރު ފަށައިފައިވަނީ، ދިގުވާނޑު ކައުންސިލާއި، މާދަޑު ކައުންސިލާއި، ދޫނޑިގަން ކައުންސިލާއި މިސްކިތްމަގު ކައުންސިލުގެ އިތުރުން ފުނާޑު ކައުންސިލުންނެވެ.

ފަހި އަލި ޕްރޮގުރާމްގެ ދަށުން ގިނަ ކައުންސިލްތަކުން ލެޑް ހޮޅިބުރިތައް ދޫކުރަމުން ދަނީ ކޮންމެ ކޮޓަރިއަކަށް ދެ ހޮޅިބުރި އެވެ. އަދި ހޮޅިބުރި ބޭނުން ފަރާތްތަކުން އެއަވަށެއް ނިސްބަތްވާ ކައުންސިލަކަށް އައިޑީ ކާޑް ހިއްޕަވައިގެން ވަޑައިގަންނަވައި ފޯމެއް ފުރުއްވުމުން ހޮޅިބުރި ލިބޭނެ ކަމަށް ކައުންސިލްތަކުން ވިދާޅުވެއެވެ.

ހޯދަޑު ކައުންސިލުން ވަނީ މީގެ ކުރިން އެއަވަށު ރައްޔިތުންނަށް ލެޑް ހޮޅިބުރިތައް ފޯރުކޮށްދީފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު