A wide advertisement which will be shown on all devices. (700 x 100)

މެސި ކުޑައިރުގެ ލޯބިވެރިޔާއާއި ކާވެނި ކުރަނީ

މެސީގެގެ އާއިލާ

މަޝްހޫރު ފުޓުބޯޅ ތަރި އާޖެންޓީނާގެ ލިއޮނެލް މެސީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯ އާއި މި ޖޫންމަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމުގެ ޚަބަރުތައް މީޑިއާގައި ތިލަވާން ފަށައިފިއެވެ. މެސީގެ އުފަން ސަރހައްދުގައި ކުރެވޭ މިކާވެނި ބެލެވިފައި ވަނީ ފާއިތުވި 10 އަހަރުގައި ލެޓިން އެމެރިކާގައި ބޭއްވޭ އެންމެ ޚާއްސަ ކާވެނީގެ އިޙުތިފާލުގެ ގޮތުގައެވެ.

ޚަބަރުތަކުން އެނގޭ ގޮތުގައި މިކާވެނި ކުރުމަށް ހަމަޖެހިފައި ވަނީ މެސީއާއި ލޯބިވެރިޔާގެ އާއިލާ ހިމެނޭ، އާޖެންޓީނާގެ ރޮސާރިއޯގައެވެ. މެސީގެ އޭޖެންޓް މީޑިއާއަށް ޔަގީން ކޮށްދިން ގޮތުގައި މިމަހު 30ގައި މިކާވެނި ކުރަނީ މެސީގެ 30 ވަނަ އުފަންދުވަހަށް ވުރެ 1 ހަފުތާ ފަހުންނެވެ.

މި ކާވެންޏަށް މެސީގެ ބާސެލޯނާ 21 މެންބަރުން ހާޒިރުވާނެ ކަމަށް ބެލެވެއެވެ. އޭގެތެރޭގައި ކޮލަމްބިއާގެ ޕަޮޕްސްޓަރ ޝަކީރާއާއި އޭނާގެ ފިރިމީހާ ޖެރާޑް ޕީކޭގެ އިތުރުން ބްރެޒިލްގެ ނޭމާ، އުރުގުއޭގެ ލުއިސް ސުއަރޭޒް، ސެސް ފެބްރިގާޒް، ޒަވިއަރ ހާނަންޑޭޒް ހިމެނެއެވެ. މީގެ އިތުރުން އާޖެންޓީނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މެންޗެސްޓަރ ސިޓީގެ ފޯވަރޑް އަގުއޭރޯގެ އަންހެނުން ކަރީނާ އާއި އަގުއޭރޯ، ޚާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވާނެކަމަށް ވެއެވެ.

މެސީ އަލަށް ކާވެނި ކުރާއިރު އޭނާއާއި ލޯބިވެރިޔާއަށް ދެކުދިން ލިބިފައިވެއެވެ. ހަތަރު އަހަރާއި 1 އަަހަރުގެ މިދެ ފިރިހެންކުދިން ވެސް އުފަންވެފައި ވަނީ ސްޕެއިންގެ ބާސެލޯނާގައެވެ. ނަމަވެސް އަލަތު ކާވެނި ޕާޓީ މިބޭއްވެނީ އާޖެންޓީނާގެ އުތުރުތުރުން މެސީގެ ހުފަން ސަރަހައްދުގައެވެ.

މިޕާޓީގައި 600 ހާ މެހުމާނުން ބައިވެރިވާއިރު މީހުންގެ ޚިދުމަތްތަށް 20 ހެއަރ ޑްރެސަރސް (ބޯހަދާ މީހުން) ހޯދާފައިވާ ކަމަށް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !