A wide advertisement which will be shown on all devices. (700 x 100)

ތާރުމަގުން މުޑިއަރާ އެކަކު ސީރިއަސް ހާލަތެއްގައި

އެކްސިޑެންޓްގައި ހާލުބޮޑުވި އަބްދުﷲ އިތުރު ފަރުވާއަށް މިހާރު ވަނީ އައްޑުއަށް ގެންގޮސްފައި.

ރޭ 10:15 އެހާކަށް ހާއިރު ފުވައްމުލަކު ތާރުމަގުން (ނާއިބު  ތުއްތު ހިނގުން) ކުނިކޮށި ހިސާބުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި 3 މީހުންގެ ތެރެއިން ދެ މީހުންނަށް އަނިޔާވެފައި ވެއެވެ. އަދި އެއިގެތެރެއިން އެކަކުގެ ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މިހާރު ވަނީ އައްޑުއަށް ގެންގޮސްފައެވެ.

ސީރިއަސް ޙާލުގައި އޮތީ އެއްސައިލަކުގެ ފަހަތުގައި ހުރި ދިގުވާނޑު އަވަށު ގުރަހާގެ (އަލިކެއުޅާގެ) އަބްދުﷲ ކިޔާ 59 އަހަރުގެ ފިރިހެނެކެވެ. ދެން އަނިޔާވީ އަނެއް ސައިކަލް ދުއްވި ހޯދަޑު އަވަށު ޒުވާނެއް ކަމަށް ކަރަންކާއާގެ ހުސޭއިން އެވެ. ހުސައިނަށް ވެސް މި މުޑިއެރުމުގައި އަނިޔާލިބިފައި ވެއެވެ. ނަމަވެސް އޭނާގެ ޙާލު ސިރިއަސް ނޫން ކަމަށާއި، އެކަމަކު އަދި އޮތީ ހޮސްޕިޓަލުގައި ބާއްވާފައި ކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓްގައި ހިމެނުނު އަނެއް ސައިކަލް ދުއްވީ ދިގުވާޑު އަވަށު، މެދު އުމުރުގެ މީހެއްކަމަށް ވާ މުހައްމަދު ސައީދުއެވެ. ނުވަތަ ޖަކްސްޓާ ރެސްޓޯރެންޓް ހިންގާ، އެތަނުގެ ވެރިޔާ، ޖަކްސްޓާ ސައީދުއެވެ.

ބަލިމީހާ މާލެ ގެންދިއުމަށް ފްލައިޓަށް އަރުވައިގެން ނައްޓާވެސްލިއެވެ. ނަމވެސް ބަލިމީހާގެ ޙާލުދެރަ ކަމުން މާލެ ނުގެންދެވި އަލުން ސީ އެންބިއުލެންސްގައި ގެންދިޔައީ އައްޑުއަށެވެ. ސިރިއަސް ޙާލުގައި އޮތް އަބްދުއްﷲ ގެ ކޮއްކޮ އަލި ދީދީ ރާއްޖެ އެމްވީއަށް މައުލޫމާތު ދިންގޮތުގައި އޭނާގެ ބޭބެގެ ބޮލުގެ ނާރަކަށް ގެއްލުން ވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. މާލެ ގެންދަން އުޅުނީ އޭޑީކޭއިން ނާރުގެ ޑޮކްޓަރަށް ދެއްކުމަށެވެ.

މިހާރު އައްޑުއަށް ގެންގޮސް ފަރުވާދިން ކަމުގައި ވިޔަސް އައްޑޫ ހޮސްޕިޓަލުގައި ނާރުގެ ޚާއްސަ ޑޮކްޓަރަކު ނެތުމުން، ފުވައްމުލަކުން ޑޮކްޓަރު ދިން އިރުޝާދާ އެއްގޮަތަށް އެކަން ކުރެވެގޮތް ވެފައިނުވާ ކަމަށްށެވެ.

މިއެކްސިޑެންޓް ހިނގަން ދިމާވީ ރޭ 10:15 އެހާކަށް ހާއިރު މުހައްމަދު ސައީދުއާއި އަބްދުﷲ (ސިރިއަސް ޙާލުގައި އޮތް) އާއި ދެމީހުން ފުނާޑު އަވަށުގެ ރެސްޓޯރެންޓަކުން ސައި ބޮއިގެން ގެއަށް ދާން (ދިގުވާނޑާއި ވީކޮޅަށް ދާން) ތާރުމަގަށް ނިކުންނަން ސައިކަލު އަނބުރާލި ވަގުތު ދިގުވާނޑު ކޮޅުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ހުސޭނު ދުއްވި ސައިކަލުން، މުހައްމަދު ސައީދު ދުއްވި ސައިކަލުގެ ފަހަތުގައި ޖެހިގެން ކަމަށް މުހައްމަދު ސައީދާއި ހަވާލާދި އެހެން މީހަކު ކިޔައިދިނެވެ.

ފުވައްމުލަކުގެ ތާރުމަގަކީ ވެސް ތަފާތު ގިނަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާމުން އަންނަ ބޮޑުމަގެކެވެ.

ކުރިން ވަނީ މިމަގުން ޖޮގިން އަށް ދުވަމުންދިޔަ މީހެއްގެ ގައިގައި ފަހަތުން ބާރު ސްޕީޑުގައި އައި ސަކަލަކުން ޖެހިގެން މަރުވެފައެވެ. މިނޫންވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް މިމަގުގައި ހިނގާފައިވެއެވެ. މިފަދަ އެކްސިޑެންޓްތަކުގެ އަސްލަކީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރު ސްޕީޑުގައި އުޅަދުތައް ދުއްވުން ކަމަށް ގިނަބަޔަކު ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !