އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް އަހުމަދު ހިޝާމް ވަޖީހު މިއަދު އައްޔަން ކުރައްވައިފި އެވެ. އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ހިޝާމު އައްޔަން ކުރެއްވުމާއި ހަމައަށް އަދާކުރައްވާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕްރޮސެކިއުޓާ އޮފިސާއެއްގެ މަގާމެވެ.
ހިޝާމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ބޮޑެތި މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތުގަ އާއި އެ ނޫން ވެސް ބައެއް ބޮޑެތި ޝަރީއަތްތަކުގައި ހިޝާމް ވަނީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވައިފަ އެވެ.
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ވަކީލް އިސްމާއިލް ވިޝާމެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އެ މަގާމުން ވަކި ކުރެއްވި ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
ޚިޔާލުތައް