A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ބޮޑު ޖަމާއަތުގައި ފިތުރު ޢީދު ނަމަމާދު ކުރުން ޒުވާނުންގެ މަރުކަޒު ސަރަހައްދުގައި

މިއަހަރު ފިތުރު އީދުގެ ބޮޑުޖަމާއަތުގައި ކުރުމަށް އާއްމުކޮށްފައިވާ ފޮޓޯއެއް.

ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް، ފުވައްމުލަކުގައި ބޮޑު ޖަމާޢަތުގައި ފިތުރު އީދު ނަމާދު ކުރުން ޒުވާނުންގެ މަރުކަޒުގެ ހުސް ބިމުގައި އޮންނާނެ ކަމަށް މިކަން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ގާޑިއަން އެސޯސިއޭޝަނުން ހާމކުރައްވައެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ގާޑިއަން އެސޯސިއޭޝަނުގެ ކޯޑިނޭޓަރ މުޙައްމަދު ހުސެން ވިދާޅުވީ  ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެދުނު 7:30 ގައިއެވެ. ނަމަވެސް ތަނުގެ އިންތިޒާމުތައް ފުރިހަމައަށް ގެންދިއުމަށްޓަކައި ހުރިހާ އެންމެންވެސް ހެންދުނު 7:15 އަށް މި ހުސް ބިމަށް ހާޒުރުވުމަށް އެފަރާތުން އެދެއެވެ. މިފަހަރުގެ އީދު ނަމާދު އިމާމުވެ ކުރުމަށް ހަމަޖެހިފައި ވަނީ އިމާމު މުފީދު އެވެ.

މިފަހަރުގެ ފިތުރު އީދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވުމަށް ޢާއިލާގެ ކުޑުދިންނާއި އަންހެނުންނާއެކު އެންމެހާއި ބޭފުޅުން ވަޑައިގަތުމަށް މިކަން އިންތިޒާމް ކުރާ ފަރާތްތަކުން އެދިލައްވައެވެ. ޢީދު ނަމާދަށް ފަހު ކުޑަކުދިންނަށް ޢީދު ހަދިޔާ ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއްވިއެއެވެ.

މިފަހަރުގެ ބޮޑު ޖަމާއަތުގެ ފިތުރު އާިދު ނަމާދަށް ތައްޔާރުކުރުމުގައި ގާޑިއަންސް އެސޯސިއޭޝަނާއިއެކު ހަރަކާތްތެރި ވަނީ ޏ. އޭއީސީގެ ދަރިވަރުންނާއި ޒުވާނުންގެ މަރުކަޒުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !