އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ވެސް ފިތުރު ޢީދު ކުޅިވަރުތައް ދަޑިމަގު އަވަށުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ‘ދަޑިމަގު ޢީދު އުފާ 2017’ ގެ ނަމުގައި ބާއްވާ ކުޅިވަރުތައް ވަނީ މިއަދު (ޢިދު 1) ން ފެށިގެެން 4 ދުވަހަށް ތާވަލުކޮށްފައި ވެއެވެ.
އެގޮތުން މިއަދުގެ ޢީދު ނަމާދަށް ފަހު ހެނދުނު 9؛15 އިން ޓީމު އިވެންޓެއްގެ ގޮތުގައި މަސް ރޭހެއް ބޭއްވުމާއި ހަވީރު 4 ން ކުޑަކުދިން ގެ ކުޅިވަރުތައް ބޭއްވުމަށް ރޭވިފައިވެއެވެ. އަދި 25 ޖޫން (މިއަދު) އިން 28 ޖޫން އަށ ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
ދަޑިމަގު އަވަށަކީ ކޮންމެ ކޮންމެ ޢީދެއްގައި ވެސް އަވަށުގެ ގިނަ ބަޔަކު ކުޅިވަރުތަކުގައި ބައިވެރިވެގެން އުފަލާއި މަޖަލުގައި ޢީދު ފާހަގަކުރާ ބައެކެވެ.
+1
+1
ޚިޔާލުތައް